ފޮޓޯ މެދުވެރިކޮށް ބުލީ ކުރާ ނަމަ މިހާރު ދެނެގަނެވޭނެ: އިންސްޓަގްރާމް

އިންސްޓަގްރާމުގައި ޕޯސްޓުކުރާ ފޮޓޯ ބޭނުންކޮށްގެން ބުލީ ކުރާ ނަމަ މިހާރު އެކަން ދެނެގަނެވޭނެ ކަމަށް އިންސްޓަގްރާމުން ބުނެފި އެވެ.

އިންސްޓަގްރާމުން ބުނީ އަންގާރަ ދުވަހުން ފެށިގެން ހާއްސަ ޓެކްނޮލަޖީއެއް ބޭނުންކޮށް ބުލީ އަށް މަގުފަހިކުރުވާ ކޮންޓެންޓު ދެނެގަތުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

އިންސްޓަގްރާމުގެ ޕްލެޓުފޯމުގައި މީހަކަށް ނަފްސާނީ ގޮތުން އަސަރުކޮށްފާނެ އެއްޗެއް ޕޯސްޓުކޮށްފި ނަމަ އެކަން ދެނެގަނެވޭނެ ކަމަށް އިންސްޓަގްރާމުގެ އޮފިޝަލަކު ވަނީ ބުނެފަ އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް ބުލީ ކުރާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަން ހުއްޓުވުމަކީ އިންސްޓަގްރާމުގެ ޒިންމާއެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އިންސްޓަގްރާމުން ވަނީ މީގެ ކުރިން ފޮޓޯ އަށް ކޮމެންޓު ކުރާއިރު ވަކި ބަސްތަކެއް ކޮމެންޓުގެ ގޮތުގައި ޕޯސްޓު ނުކުރެވޭނެ ގޮތް ހެދޭ ފީޗާއެއް ވެސް ތައާރަފުކޮށްފަ އެވެ.

comment ކޮމެންޓް