މާދަމާއިން ފެށިގެން ހުކުރު ދުވަހާ ހަމައަށް ސްރީލަންކާގެ ކޮލަމްބޯގައި މުޒާހަރާތަކެއް ކުރަން އިއުލާނުކޮށްފައިވާތީ ދިވެހިން ސަމާލުވުމަށް އެދެފިއެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސްރީލަންކާގެ ކޮލަމްބޯގައި ބޮޑެތި މުޒާހަރާތަކެއް ކުރުމަށް އިއުލާނުކޮށްފައިވާތީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާ އޮންނާނެކަމަށް ބުނެފައިވާ ދުވަސްތަކުގައި ދިވެހިން ބޭރަށް ނިކުމެ އުޅޭއިރު ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ޒަރޫރީ ބޭނުމަކަށް ނޫނީ ބައިބޯ ތަންތަނަށް ނުދިއުމަށާއި މި ދުވަސްތަކުގައި ޓްރެފިކަށް ބުރޫ އަރާނެތީ ގަޑިއަށް ތަންތަނަށް ދަތުރުކުރަން ޖެހޭ މީހުން ކުރިއާލާ ދަތުރަށް ފެށުމަސްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
މާދަމާއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ސްރީލަންކާގައި ކުރިއަށް ގެންދަން ރާވާފައިވަނީ އެގައުމުގެ ސަރުކާރާ ދެކޮޅަށް ބާއްވާ އެންމެ ބޮޑު މުޒާހަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކި ސްޓޭޓު ތަކުގައި ދިރިއުޅޭ މީހުން ދަނީ މުޒާހަރަގައި ބައިވެރިވުމަށް ކޮލަމްބޯއަށް ޖަމާވަމުންނެވެ.