ޔޫތު ފޯ ނޭޝަން ޓޯކް ފޯރަމް ފަށައިފި

މިއަދު ފެށި "ޔޫތު ފޯ ނޭޝަން" ޓޯކް ފޯރަމްގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމިކް މިނިސްޓްރީއާ ނެޝަނަލް ޓެރެރިޒަމް ކައުންޓާ ސެންޓަރާ ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން "ޔޫތު ފޯ ނޭޝަން"ގެ ނަމުގައި ޓޯކް ފޯރަމެއް އާޓް ގެލަރީގައި މިއަދު ފައްޓައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ އެ ފޯރަމަކީ ޒުވާނުން އުފެއްދުންތަކަށް ހޭލުންތެރި ކުރުވުމަށާއި ނޭދެވޭ ފިކުރުތަކާއި ހިޔާލުތަކުން ޒުވާނުން ދުރުކޮށް އަދި ޒުވާނުންނަށް ހުރި ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން ބާއްވާ ފޯރަމެއް ކަމަށެވެ.

މިއީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ފޯރަމެކެވެ.

މިއަދު ފެށި "ޔޫތު ފޯ ނޭޝަން" ޓޮކް ފޯރަމްގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ފޯރަމްގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ މައުލޫތަކުގެ ތެރޭގައި ދަތި ހާލަތްތަކާ ކުރިމަތިލާނެ ގޮތް ދަސްކޮށްދީ ހިތްވަރުދިނުން، ވިޔަފާރި އާއި މަސައްކަތުގެ މާހައުލަށް ހޭލުންތެރިކުރުވުން އަދި ޒުވާނުން އިޖުތިމާއީ ބައިވެރިވުން ފަދަ މައުލޫތައް ހިމެެނެ އެވެ.

މިއަދު ހަވީރުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ފޯރަމް އާންމުންނަށް ހިލޭ ވަދެވޭ ގޮތަށް ވަނީ ހުޅުވާލައިފަ އެވެ. ފޯރަމްގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ބެފުޅުންގެ ތެރޭގައި ޑރ. އައިޝަތު އަލީ ނާޒް، ޑރ. ރަފީ އަދި ކަށިމާ އަހުމަދު ޝާކިރު ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ފޯރަމްގައި ބައިވެރިވާ ފަރާތްތަކަށް އަގުހުރި އިނާމްތައް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް