ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މާފުކޮށްދެނީ

މީރާއިން މީހަކު ހިދުމަތް ހޯދަނީ -- ސަން ފައިލް ފޮޓޯ

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މާފު ކޮށްދޭގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފިއެވެ.

މީރާ އިން ބުނީ އެ ޖޫރިމަނާ މާފުކޮށްދެނީ ޖޫރިމަނާ މަޢާފުކުރުމުގައި މިހާރު ވެސް ޢަމަލުކުރަމުންދާ ޢާއްމު އުސޫލުގެ ދަށުން ކަމަށެވެ. މިއީ ކުދި ވިޔަފާރިތަކަށް ދޭ ޚާއްޞަ ޢިނާޔަތެއް ކަމަށްވެސް މީރާ އިން ބުނެއެވެ..

މިއަދުން ފެށިގެން އަންނަ މަހުގެ 27 ގެ ނިޔަލަށް ޖޫރިމަނާ މައާފުކޮށްދޭނެ ކަމަށް މީރާ އިން ބުނެއެވެ.

ކުދި ވިޔަފާރީގެ ގޮތުގައި މީރާ އިން ބަލަނީ އަހަރަކު 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކެވެ.

އެ ފަރާތްތަކުން ބީ.ޕީ.ޓީ، ވިތްހޯލްޑިންގ ޓެކްސް، ޖީ.އެސް.ޓީ އަދި ގްރީން ޓެކުހާ ގުޅިގެން، 30 ޖޫން 2018ގެ ނިޔަލަށް އަދާކުރަންޖެހޭ އެންމެހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތައް ލުއި ކޮށްދިނުމަށް އެދި، ކަނޑައެޅިފައިވާ މުއްދަތުގައި އެ އޮތޯރިޓީއަށް ހުށަހެޅުމަށް މީރާއިން އިލްތިމާސް ކުރެއެވެ.

ކުދި ވިޔަފާރިތަކަށް ޚާއްޞަ ކޮށްގެން މިދިޔަ އަހަރު ތެރޭގައިވެސް މީރާއިން ވަނީ މިފަދަ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް