ކެމްޕެއިން ދަތުރުފުޅެއްގައި ރައީސް ޔާމީން ތ. ގުރައިދޫ އަށް

ތ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކަނޑޫދޫގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ކެމްޕެއިން ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ތ. ގުރައިދޫ އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ހަރަދުތައް ހަމަޖައްސާނީ ޕީޕީއެމް އިން ކަމަށް ސަރުކާރުން ބުނެ އެވެ.

ރައީސް ގުރައިދޫ އަށް ވަޑައިގަންނަވަނީ އިއްޔެ ފ. އަތޮޅަށް ފެއްޓެވި ދަތުރުފުޅަށް ފަހު އެނބުރި މާލެ ވަޑައިގެންނެވުމުގެ ކުރިން ޒިޔާރަތްކުރައްވާ ފަހު މަންޒިލެއްގެ ގޮތުގަ އެވެ.

ރައީސް އިއްޔެ ވަނީ ފ. އަތޮޅުގެ ހަތަރު ރަށަކަށް ޒިޔާރަތްކުރައްވައިފަ އެވެ. އަދި ރޭ ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު ނިލަންދޫގައި ޖަލްސާޢެއް ބާޢްވަވައިފަ އެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މިއަދު މާލެ ވަޑައިގަންނަވާނެ އެވެ.

comment ކޮމެންޓް