ޑެމްބެލޭ ބާސާގައި މަޑުކުރާނީ މެސީ އެގޮތަށް އެދޭނަމަ!

މެސީއާއި އޮސްމާނޭ ޑެމްބެލޭ-- ގެޓީ ފޮޓޯ: އެކްސްޕްރެސް

ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސް ތަރި އޮސްމާނޭ ޑެމްބެލޭ މި ސީޒަންގައި އެ ކްލަބު ދޫކޮށް ހިނގައިދާނޭ ކަމަށާއި އޭނާ އެ ކްލަބުގައި މަޑުކުރާނީ ބާސާގެ ސުޕަރސްޓާ ލިއޮނަލް މެސީ އެގޮތް ބޭނުންވާ ނަމަކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްޕެއިންގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ނޫހަކުން ބުނީ، އަނިޔާގެ ސަބަބުން މިދިޔަ ސީޒަންގައި ބާސާގައި މާބޮޑު ކުރިއެރުމެއް ލިބިފައިވާ ނުވާ ޑެމްބެލޭ މި ސީޒަންގައި އެ ކްލަބު ދޫކޮށްލުން ވަރަށް ކައިރި ކަމަށެވެ.

ފްރާންސްގެ ޒުވާން ފޯވާޑް ބޮރޫޝިއާ ޑޯޓްމަންޑުން ބާސާއާ ގުޅުނީ މިދިޔަ ސީޒަންގެ ހޫނުމޫސުމުގެ ޓްރާންސްފަރގައި 138 މިލިއަން ޔޫރޯގެ ފީއަކަށެވެ.

އުމުރުން 21 އަހަރުގެ ޑެމްބެލޭއަށް ބާސާގައި މާގިނަ މެޗުތަކެއް ނުކުޅެވި އުޅެނިކޮށް ހެމްސްޓަރިން އިންޖަރީއަކާއެކު ކުޅުމާ ދުރަށް ދާން ޖެހުނީއެވެ. އޭނާއަށް ކާމިޔާބުކޮށްދެވިފައި ވަނީ އެންމެ ތިން ލަނޑެވެ.

ބާސާގެ ކުރީގެ ތަރި ނޭމާ ޖޫނިއަރ، ޕީއެސްޖީއަށް ބަދަލުވުމާއެކު އޭނާގެ ބަދަލުގައި ބާސާއަށް ގެނައި ޑެމްބެލޭ، މިހާރު އަނިޔާއިން ސަލާމަތްވެ، ރަނގަޅަށް ފިޓްވެފައި ހުރި ނަމަވެސް، އޭނާ އެ ކްލަބުގައި މަޑުކުރާނީ، މެސީ އެގޮތް އެދޭނަމަ ކަމަށްވެއެވެ. އެނޫން ނަމަ، އޭނާ ދާއިމީ ގޮތެއްގައި ޕީއެސްޖީއަށް ނުވަތަ އާސެނަލާ ގުޅުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސިވިލާތަށް މިފަހަރުގެ ހޫނުމޫސުމުގެ ޓްރާންސްފަރ މާކެޓް ބަންދުވެފައިވީ ނަމަވެސް ސްޕެއިން ފަދަ ޔޫރަޕްގެ އެހެން ބައެއް ގައުމުތަކަށް ޓްރާންސްފަރ މާކެޓް ބަންދުވާނީ އޯގަސްޓް 31ގައެވެ.

comment ކޮމެންޓް