ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ނުދާން ހަޒާޑު ނިންމައިފި

ޗެލްސީގެ ތަރި އެޑިން ހަޒާޑް މި އަހަރު ތެރޭގައި ރެއާލަށް ނުދާނޭ ކަމަށް އޭނާ ބުނޭ-- ގެޓީ ފޮޓޯ: ދަގާޑިއަން

މިސީޒަންގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ދިއުމުގެ ވިސްނުން އެއްކޮށް ދޫކޮށްލާފައިވާ ކަމަށް ޗެލްސީގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް ބުނެފި އެވެ.

އާސެނަލް އަތުން 3-2 ލަނޑުން ޗެލްސީ މޮޅުވި މެޗަށް ފަހު ހަޒާޑު ބުނީ، އޭނާ އަށް ރެއާލަށް ބަދަލު ވެވިދާނޭ ކަމަށާއި ނަމަވެސް އޭނާގެ ބަދަލުގައި ޗެލްއަށް މިހާރު ދެން އިތުރު ކުޅުންތެރިއަކު ނުހޯދޭނެ ކަމަށެވެ. އެހެންކަމުން މި ހޫނު މޫސުމުގެ ޓްރާންސްފާގައި ރެއާލަށް ބަދަލުވާ ޚިޔާލު މިހާރު މުޅިން ދޫކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.

މި އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް ފަހު، ހަޒާޑު ވަނީ، އޭނާ "ކެރިއަރުގައި ތަފާތު ތަޖްރިބާއެއް ކޮށްލުމަށް" ރެއާލަށް ބަދަލުވާން ބޭނުންވާ ކަމަށްބުނެފަ އެވެ. ނަމަވެސް އުމުރުން 27 އަހަރުގެ ބެލްޖިއަމް ފޯވާޑް ވަނީ އޭނާ މި ޓްރާންސްފާގައި ދެން ރެއާލަށް ބަދަލު ނުވާނޭ ކަމުގެ ޔަގީންކަން ދީފަ އެވެ.

"އެންމެނަށް ވެސް އެނގޭނެ އަހަރެން ވޯލްޑް ކަޕަށް ފަހު ދެއްކި ވާހަކަތައް. އެކަމަކު މިވަގުތު އަހަރެން މިހިރީ ވަރަށް އުފަލުން،" ވަރަށް މޮޔަ އަދި ބޭކާރު ގިނަ ވާހަކަތައް ފެތުރިއްޖެކަން ހާމަކުރަމުން އޭނާ ބުންޏެވެ.

ހަޒާޑު ބުނީ، އޭނާގެ ކޮންޓްރެކްޓްގައި އަދި ބާކީ ދެ އަހަރު އެބަ އޮތް ކަމަށާއި ޗެލްސީގެ މުސްތަގުބަލު ވެސް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. އަދި ޗެލްސީއަށް އޭނާ ވިއްކާލެވެން އޮތް ނަމަވެސް، އެހެން ކުޅުނުތެރިއަކު ބަދަލުގައި ނުގެނެވޭ ނަމަ އެ ވެގެންދާނީ ވަރަށް އާދަޔާ ޚިލާފު ކަމެެއް ކަމަށް އޭނާ ބުންޏެވެ.

"މި އަހަރު އަހަރެން ޗެލްސީ ދޫކޮށް ނުދާނަން. އިންގްލޭންޑަށް ޓްރާންސްފާ މާކެޓް މިވަނީ ބަންދުވެފައި. ކްލަބުތަކަށް އަދި ވެސް ކުޅުންތެރީން ވިއްކިދާނެ، އެހެން ނަމަވެސް ނުވެއް ގަނެވޭނެ."

ހަޒާޑު ބުނީ އޭނާ ދެކެ ޗެލްސީގެ ސަޕޯޓަރުން ލޯބިވާ މިންވަރު މިހާރު ފެނިގެން ހިނގައްޖެ ކަމަށެވެ. އެހެންކަމުން މި އަހަރު ނުވަތަ ކުރިއަށް އޮތް ދެ އަހަރު ވެސް އޭނާ އެހެން ޓީމަކުން ފެނުމަކީ ގާތުގައި އޮތް ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް