ރައީސް ޔާމީން، އިމްރާން ޚާނަށް މަރުހަބާ ވިދާޅުވެއްޖެ

އިމްރާން ޚާން -- ފޮޓޯ: ބްލޫމްބާގް

ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ، އިމްރާން ޚާންގެ ހިކްމަތްތެރިކަމާއި ހިންގުންތެރިކަމުގެ ދަށުން ޕާކިސްތާން ތަރައްގީގެ އާ އުސްމިންތަކަކަށް ގެންދަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކުރިއަށްއޮތް ތަނުގައި ޕާކިސްތާނާއި އެކު ވަރަށް ގާތުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށާއި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދު ކުރައްވާކަމަށް އެ މެސެޖުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ޕާކިސްތާނުގެ ތަހުރީކީ އިންސާފު (ޕީޓީއައި)ގެ ލީޑަރު، އިމްރާން ޚާން އެގައުމުގެ 22 ވަނަ ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަން ކުރީ އިއްޔެ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި އޮތް ބައްދަލުވުމެއްގައި، 176 މެމްބަރުންގެ ވޯޓުންނެވެ.

comment ކޮމެންޓް