ފުލުހުންގެ މަރުކަޒުތަކަށް ގޮސް ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނަން: ފުލުުހުން

24 ޖުލައި 2017: ފުލުހުން ތަކެއް މަގުމަތީ ހަރަކާތްތެރެިވަނީ---ސަމް ފޮޓޯ/ މުހައްމަދު އަފްރާހް

ފުލުހުންގެ މަރުކަޒުތަކަށް ގޮސް ކެމްޕޭންކުރާނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މިރޭ ނެރުނު ބަޔާނުގައި ބުނީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭންކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުންް ހިންގާ ހަރަކާތްތަކުގެ ތެރެއިން ފުލުހުންނަށް އަމާޒުކޮށް ފުލުހުންގެ މަރުކަޒުތަކަށް ގޮސް ހަރަކާތްތައް ކުރިއަށްގެންދާކަން ފާހަނގަ ކުރެވިފައިވާ ކަަމަށެވެ.

ފުލުހުން ބުނީ އެފަދަ ހަރަކާތްތައް އެއްގޮތަކަށް ވެސް ބަލައިނުގަނެވޭނެ ކަމަށެވެ.

ފުލުހުންވަނީ އެފަދަ ހަރަކާތްތައް ސިޔާސީ ފަރާތްތަކުން ނުހިންގުމަށް ގޮވާލައިފައެވެ. އަދި އެފަދައިން ކަންތައްތައް ކުރީ މީހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ބުންޏެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖައްސައިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.

comment ކޮމެންޓް