އަޒޭ އާއި ރިޝްމީ ވެސް ޢީދަށް ތައްޔާރު!

އަޒޭ އާއި ރިޝްމީ އަދި އެމީހުންގެ އީދު ޓީމުގެ ޕޯސްޓަރެއް....

ޢީދަށް ބޯމަތިވެފައިވާ އިރު ޢީދުގެ ރޭތައް ފަޅުފިލުވާލަދޭން ނެށުންތެރިން ވެސް މިހާރު މިތިބީ ތައްޔާރުވެފަ އެވެ. ޢީދަށް ހަނދު ބެލުމާ އެކު ޑާންސް ގްރޫޕްތަކާއި ފަންނާނުންގެ ޢީދު ޝެޑިއުލް ފުލްވެ އެވެ. މަޝްހޫރު ދެ ނެށުންތެރިން ކަމަށްވާ އަހުމަދު އަޒްމީލާއި އޭނާގެ ކުރީގެ އަންހެނުން އަދި ކުޅަދާނަ ބަތަލާ އަކީ ވެސް އީދުގައި ވަރަށް ބިޒީވާ ދެތަރިންނެވެ.

މިއަހަރު ވެސް މި ދެތަރިން ހަމަ ޢީދަށް ތައްޔާރެވެ. އަޒޭ އާއި ރިޝްމީގެ ޢީދު ފޯރި މިފަހަރު ހިއްޕާލާނީ ތ. އަދި ދ. އަތޮޅުގަ އެވެ. އެގޮތުން ފުރަތަމަ ޝޯ އޮތީ ޢީދު ދުވަހުގެ ރޭ ދ. ބަނޑިދޫ ގަ އެވެ. ދެވަނަ މަންޒިލަކީ ތ. އޮމަދޫ އެވެ.

"ސަން" އާ ވާހަކަ ދައްކަމުން ރިޝްމީ ބުނީ މިހާރު ދެރަށް ފައިނަލް ވެފައިވާ އިރު އިތުރު ރަށް ރަށުން ވެސް އެމީހުންގެ ޓީމު ގެންދަން ބޭނުންވާ ނަމަ ފުރުސަތު އޮތް ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ރަށް ރަށުގައި ޢީދު ޝޯތައް ދެމުން އަންނަ ރިޝްމީ އާއި އަޒޭ އާއެކު މިފަހަރު ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަރިން ބައިވެރިވާނެ އެވެ. ފޯރި ގަދަ ވާނެ ކަން ހަމަ ޔަގީނެވެ.

އޭގެ ތެރޭގައި ރާއްޖޭގައި އުފެދުނު މަޝްހޫރު ލަވަ ކިޔުންތެރިންގެ ތެރޭގައި ހިމެނޭ ހުސެން ސޮބާހު އަދި މަޝްހޫރު މޭކަޕް އާޓިސްޓް ސޭންޑީގެ އިތުރުން ކުޅަދާނަ ފަންނާނުންތަކެއް ހިމެނެ އެވެ.

ރިޝްމީ އާއި އަޒޭ އަދި ޓީމު އޮތީ ހަމަ ތައްޔާރަށެވެ. ޢީދުގެ ޝޯތައް ފޯރި ގަދަ ކޮށްލާނެ ކަން ކަށަވަރެވެ.

comment ކޮމެންޓް