އިންޑިއާގެ 71 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އެގައުމުގެ އެމްބަސީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައި، ދުވަހުގެ އުފާ ފާޅުކޮށްފިއެވެ.
މިއަދު ހެނދުނު ހ. އަތިރީގެއާގޭގައި ހުންނަ އިންޑިއާ އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ދިދަ ނަންގަވައިދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއެވެ.
އިންޑިއާގެ 72 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ބައެއް ރައްޔިތުންވެސް ބައިވެރިވި އެ ރަސްމިއްޔާތުގައި ސަފީރު އަކިލޭޝް ވަނީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު ނެރުއްވި ބަޔާނެއް ހިއްސާކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި އަކިލޭޝް ވިދާޅުވީ، މިނިވަން ދުވަސް ފާހަގަކުރާ އިރު ގައުމުގެ މިނިވަންކަމަށްޓަކައި ގުރުބާންވި ބަަލުންގެ ހަނދާންތައް އަބަދުވެސް އާކުރަން ޖެހޭ ކަމަށެވެ.
އިންޑިއާގެ 72 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގައި އުޅޭ ބައެއް އިންޑިއާ ރައްޔިތުން ބައިވެރިވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރާއްޖެއިން އިންޑިއާ އާއި ދޭތެރޭ ބައްވަވާ ގުޅުމާއި އިންޑިއާގެ ރައްޔިތުންނާއި ދޭތެރޭ ބާއްވަވާ ގާތްކަމަށް ސަފީރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ސަގާފީ ހުށަހެޅުންތަކަކާއެކު ބާއްވާ ހާއްސަ ޖަލްސާއެއް މިރޭ އަހުމަދިއްޔާ ސްކޫލުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.