އެފްއޭއެމް އިން އިންތިޒާމުކޮށްގެން ހިންގާ "ފުޓްބޯޅަ ބޭސިކް ރެފްރީސް" ތަމްރީން ކުުމުގެ ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހުޅުވާލައިފިއެވެ.
އެ އެސޯސިއޭޝަނުން މިއަދު ނެރެފައިވާ އިއުލާންގައި ވާގޮތުން އަންނަ އޮކްޓޯބަރު މަހު ފެށުމަށް ހަމަޖެހިފައިވާ އެ ކޯހުގައި 18 އަހަރާއި 25 އަހަރުގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ބައިވެރިވެވޭނެއެވެ.
އެ އިއުލާންގައި ވާގޮތުން، ކޯހުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ބޭފުޅުން އޮގަސްޓް މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އެފްއޭއެމްގެ ރިސެޕްޝަނަށް ހުށައަޅަންވާނެއެވެ.
ކޯސް ފީ އެއްގެ ގޮތުގައި އެސޯޝިއޭޝަނުް ކަނޑަ އަޅާފައިވަނީ 1،500 ރުފިޔާއެވެ.
ބައިވެރިވުމަށް އެދޭ ފޯމު އެފްއޭއެމްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.