ފޯނާއެކު ސްމާޓްވޮޗްވެސް ޗާޖުކުރެވޭ ފާސްޓް ޗާޖިން ޑިވައިސްއެއް ސެމްސަންގުން ނެރެފި

ސެމްސަންގުގެ ފާސްޓް ޗާޖިން ޑިވައިސް----

ފޯނާއެކު ސްމާޓް ވޮޗްވެސް ޗާޖުކޮށްލެވޭ ޑިއަލް ފާސްޓް ޗާޖިން ޑިވައިސް އެއް ސެމްސަންގުން ބާޒާރަށް ނެރެފިއެވެ.

މި ޑިވައިސް ގައި 24 ވޯޓްގެ ޗާޖިން ޕަވާ ހިފަހައްޓާނެއެވެ. މި ޑިވައިސް އަކީ މިހާރު ބާޒާރުން ލިބޭނެ އެންމެ ފާސްޓް ޗާޖިން ޑިވައިސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ޑިވައިސް އާންމުކޮށް ދައްކާލާފައިވަނީ ސެމްސަންގުގެ ނޯޓު 9 އިއުލާނުކުރަން ބުރާސްފަތިދުވަހުގެރޭ ބޭއްވި ހަފްލާގައެވެ. އޭގެ ކުރިން މި ޕްރޮޑަކްޓްު ނޭނގި ނަމަވެސް ވަނީ އެމެޒޯންގައި ލިސްޓު ކޮށްފައެވެ. ނޯޓު 9 ދައްކާލި ހަފްލާގައި ސެމްސަންގުން ވަނީ އާ ސްމާޓް ވޮޗް އެއްވެސް ދައްކާލައިފައެވެ.

ސެމްސަންގުގެ އާ ފާސްޓް ޗާޖިން ޑިވައިސް މިހާރު ގަންނަން ލިބޭނެއެވެ. އަގަކީ 199.99 ޑޮލަރެވެ.

comment ކޮމެންޓް