Sun Online
ސިމްބޮލިކް ރިކޯޑްސްގެ ގެ ފިލްމެއް ވުޖޫދު ކުރަން ތައްޔާރުވަނީ.....
ސިމްބޮލިކް ރިކޯޑްސްގެ ގެ ފިލްމެއް ވުޖޫދު ކުރަން ތައްޔާރުވަނީ.....

ސިމްބޮލިކް ފިލްމީ ދާއިރާއަށް، ބުނަނީ އިންގިލާބެއް ގެންނާނެ ކަމަށް!

މުޙައްމަދު މުސްޠަފާ
ލިޔުނީމުޙައްމަދު މުސްޠަފާ

ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި މިފަހަކަށް އައިސް މުގުބޫލުކަން ހޯދާފައިވާ ސިމްބޮލިކް ރިކޯޑްސްގެ ފިލްމެއްް ވުޖޫދު ކުރަން އުޅޭ ކަމުގެ ހަބަރު އެ ފަރާތުން ދީފިއެވެ. ބުނަނީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް ވަރުގަދަ އިންގިލާބެއް ގެންނާނެ ކަމަށެވެ.

"ސަން"އާ ވާހަކަ ދައްކަމުން ސިމްބޮލިކް ރިކޯޑްސްގެ ކްރިއޭޓިވް ޑައިރެކްޓަރ އިސްމާއިލް ނާއިލް (ބްލަޑް) ބުނީ، ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެ ފިލްމު ވެގެންދާނީ މިހާތަނަށް ރާއްޖޭގެ ސިނަމާއަށް މީގެ ކުރިން އައިސްފައިނުވާ ވަރުގެ ފިލްމަކަށް ކަމަށެވެ.

"ބޭނުން ވަނީ މިހާތަނަށް ރާއްޖޭގެ ސިނަމާއަށް ނާންނަ ވަރުގެ ފިލްމެއް ހަދައި ސިމްބޮލިކްގެ ތަފާތު ދައްކަން، ފީޗާ ފިލްމެއްގެ މަސައްކަތް ފެށުމަށް މިހާރު މި ތައްޔާރުވަނީ،" ނާއިލް ބުންޏެވެ.

ނާއިލް ބުނީ،ފިލްމުގެ ވާހަކަ ލިޔެ ނިމި، ސްކްރިޕްޓް ނިންމުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. ނަމަވެސް ފިލްމުގެ މާ ބޮޑު ތަފްސީލެއް އަދި ދެވެން ނެތް ކަމަށެވެ. ނާއިލް ބުނީ، ސިމްބޮލިކްގެ ފިލްމަށް ވާހަކަ ލިޔެފައިވަނީ މަޝްހޫރު ނޫނަކަސް ވާހަކަ ލިޔަން ކުޅަދާނަ ކުއްޖެއް ކަމަށެވެ.

އެންމެ ފަހުން ސިމްބޮލިކް ރިކޯޑްސް ގެ ފަރާތުން ނެރުނު ލަވައިގެ ޕޯސްޓަރެއް...

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ، އެ ފިލްމު ވަރަށް ތަފާތު ފިލްމަކަށް ވެގެންދާނެ ކަމަށާއި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ފިލްމުގެ ޝޫޓިންގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަން ނާއިލް ފާހަގަކުރިއެވެ.

"މި ބަލަނީ އަންނަ އަހަރު ފެށޭ އިރު ސްކްރިޕްޓް ނިމި ޝޫޓިން ފެށޭތޯ، ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ، ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތަށް ވެސް ގާތްގަނޑަކަށް އަހަރެއް ވަރު ނަގާނެ ކަމަށް ލަފާކުރެވެނީ، ބޭނުންވަނީ ބުރަ މަސައްކަތުން މޮޅު އެއްޗެއް ގެނެސްދޭން،" ނާއިލް ބުންޏެވެ.

"ވާނުވާ" އާއި "އިހްސާސްތަކޭ މިއީ" އަދި "ޖެހިފައި މިވާ މަގެ ހާލަށް" ފަދަ ލަވަތައް ގެނެސްދީފައިވާ ސިމްބޮލިކްއިން ބުނީ، ފިލްމަށް ބޭނުންވާ ފަންޑިންއާއި ސާމާނު ލިބޭނަމަ ފިލްމު އަވަހަށް ރިލީޒްކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ކުރިޔަށް ވެސް ސިމްބޮލިކް ރިކޯޑްސްގެ މަސައްކަތްތައް އެބަ ހުއްޓެވެ. ދެތިން އަލްބަމްގެ މަަސައްކަތާއި ލަވަ ތަކެކެވެ. އެންމެ ފަހުން އެމީހުން ގެނެސްދީފައިވަނީ "ވާނަން އުމުރަށް" ކިޔާ ލަވައެކެވެ.

infinity loading...
×
DB released 01.