ޔޫއެންގެ ސިޔާސީ ކަންކަމާބެހޭ އެސިސްޓެންޓްް ސެކްރެޓަރީ ޖެނެރަލް ރައީސް ޔާމީނާ ބައްދަލު ކުރައްވައިފި

ޔޫއެންގެ ސިޔާސީ ކަންކަމާބެހޭ އެސިސްޓެންޓްް ސެކްރެޓަރީ ޖެނެރަލް މިރޮސޮލަވް ޖެންކާ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީނާއ ބައްދަލުކުރައްވަނީ ---ފޮޓޯ// ރައީސް އޮފީސް

ޔޫއެންގެ ސިޔާސީ ކަންކަމާބެހޭ އެސިސްޓެންޓްް ސެކްރެޓަރީ ޖެނެރަލް މިރޮސޮލަވް ޖެންކާ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީނާއި ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރު ވަގުތު ކުރެއްވި އެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ޖެންކާއަށް މަރުހަބާ ވިދާލުވެފައެވެ. އަދި ޔޫއެން އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ޖެންކާ ވަނީ ވާހަކަދައްކަވާފައެވެ.

އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަަކަށް ހެދުމަށް ޔޫއެން އިން އެހީތެރިވާނެކަމަވެސް އެ ބައްދަލުވުމުގައި ޖެންކާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ޔާމީން ގެ ދައުރުގައި ގެނެސްފައިވާ ތަރައްގީއަށް ޖެންކާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

މި ބައްދަލު ވުމުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާއި ރައީސް އޮފީހުގެ މިނިސްޓަރ ފޮރ ލިގަލް އެފެއާސް އައިޝަތު އާޒިމާ ޝަކޫރުގެ އިތުރުން ރައީސް އޮފީހުގެ ފޮރިންގް ރިލޭޝަން މިނިސްޓްރު މުހައްމަދު ނަސީރުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

comment ކޮމެންޓް