ފޭސްބުކްގެ ސެކިއުރިޓީ އޮފިސަރު ކުންފުނި ދޫކޮށްލައިފި

އެލެކްސް ސްޓޭމޯސް ---

ސޯޝަލްމީޑިއާގެ ރަސްގެފާނު ކަމުގައި ބެލެވޭ ފޭސްބުކްގެ ސެކިއުރިޓީ އޮފިސަރު އެ ކުންފުނި ދޫކޮށްލައިފި އެވެ.

ފޭސްބުކްގެ ސެކިއުރިޓީ އޮފިސަރު އެލެކްސް ސްޓޭމޯސް ކުންފުނި ދޫކޮށްލާފައި މި ވަނީ ފޭސްބުކްގެ ސެކިއުރިޓީ ޑިވިޜަން ރީ ސްޓްރަކްޗާ ކުރުމާ ގުޅޭ ވާހަކަތަކެއް ދެކެވެމުން ދަނިކޮށެވެ. ފޭސްބުކް އިން ބުނީ އެކެލްސް އަކީ ކުންފުނީގައި މުހިއްމު ދައުރެއް އަދާކުރި މީހެއް ކަމަށެވެ.

ޑާޓަ ޕްރައިވެސީ އާއި ދޮގު ހަބަރު އާންމު ކުރުމުގެ މައްސަލާގައި ފޭސްބުކް އާ ދެކޮޅަށް ގިނަ ވާހަކަތަކެއް ދެކެވޭ މި ދަނޑިވަޅުގައި ފޭސްބުކްގެ ސެކިއުރިޓީ އޮފިސަރު ކުންފުނި ދޫކޮށްލަން ނިންމާފައިމިވަނީ ޔުނިވާސިޓީއެއްގައި ފެލޯ އެއްގެ ދައުރު އަދާ ކުރުމަށެވެ.

އެލެކްސް ބުނެފައި ވަނީ ފޭސްބުކްގައި ހޭދަކުރި ތިން އަހަރަކީ އުނދަގޫ ތިން އަހަރު ކަމަށެވެ. އަދި ފޭސްބުކްގައި މަސައްކަތް ކުރި ދުވަސްތަކުގައި ދަސްވިއެއްޗެއް ކުރިއަށް އޮތްތަނުގައި ބޭނުން ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އެލެކްސް ވަނީ ފޭސްބުކް ގައި މަސައްކަތް ފެސުމުގެ ކުރިން ޔަހޫގައި ވެސް ސެކިއުރިޓީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

އެލެކްސް ވަޒީފާ ދޫކޮށްލުމުން އެނާގެ މަގާމަށް އެހެން މީހަކު ގެންނަން ވިސްނާފައި ނުވާކަމަށް ފޭސްބުކް އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް