ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރީ ރެޖިސްޓްރޭޝަން ކޮށްދިނުމުގެ ނަމުގައި ބައެއް ފޯމުތައް ނަގައި އޮޅުވާލާ ކަމުގެ ޝާކުވާ ލިބިފައިވާތީ އެކަމަށް ސަމާލުވާން އިލެކްޝްނސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
ރީ ރެޖިސްޓްރޭޝަން ކޮށްދިނުމަށް އެހީތެރިވެދިނުމުގައި އެންމެ އިސްކޮށް އުޅެނީ ޕީޕީއެމް އަދި އެމްޑީޕީންނެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިީ ރެޖިސްޓްރޭޝަނަށް އެހީތެރިވުމުގެ ނަމުގައި ބައެއް ފަރާތްތަކުން އޮޅުވާލަމުންދާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ނަމަވެސް އޮޅުވާލާ ކަމަށް ޝަކުވާ ލިބިފައިވަނީ ކޮންބައެއް ކަމެއް އިލެކްޝަންސް އަކުން ނުބުނެ އެވެ.
އަދި ރީ ރެޖިސްޓްރީ ކޮށްދިނުމުގައި އެހީތެރިވާ ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކަށް އިލެކްޝަނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ރީ ރެޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވަނީ ފެށޭ މަހުގެ ކުރީ ކޮޅު އެވެ. އިންތިހާބަށް ކުރިމަތި ފުރުސަތު މިހާރު ހުޅުވާލާފާ ވާއިރު އެ މުއްދަތު ހަމަވަނީ ފެށޭ މަހުގެ 10 ވަނަ ދުވަހު އެވެ.