އިކުރާމާއި ޚަލީލު ހިމެނޭ ގޮތަށް ޕީއެސްއެމްގެ ބޯޑު އެކުލަވާލައިފި

ޕީއެސްއެމްގެ އާ ބޯޑަށް އައްޔަން ކުރެއްވި ފަސް ބޭފުޅުން

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ގަވަނިންގެ ބޯޑުގައި ކުރިންވެސް ތިއްބެވި އިބްރާހިމް ޚަލީލާއި މުހައްމަދު އިކްރާމް އަބްދުއްލަތީފް ހިމެނޭ ގޮތަށް ޕީއެސްއެމްގެ އާ ބޯޑު އެކުލަވާލައިފި އެވެ.

ޕީއެސްއެމްގެ ބޯޑުގެ ޗެއާ ޕާސަންއަކަށް ހަމަޖައްސާފައިވަނީ އެޗްއާރުސީއެމްގެ ކުރީގެ ރައީސާ އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް އަޒުރާ އަހުމަދު އެވެ. އަދި ބޯޑުގެ މެނޭޖިގް ޑިރެކްޓަރަކީ ޚަލީލެވެ. ޑެޕިއުޓީ މެނޭޖިން ޑިރެކްޓަަރަކަށް ހަމަޖައްސާފައި ވަނީ އިކްރާމެވެ.

ބޯޑުގެ ދެ ޑިރެކްޓަރުންގެ ގޮތުގައި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) އާއި ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރަކަށް ނަން ހުށަހެޅުއްވި ނ. ވެލިދޫ، އާހިޔާ، އައިޝަތު ހަފީޒު ވަނީ ހަމަޖައްސާފައެވެ.

ޕީއެސްއެމްގެ ބޯޑަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭ ގޮތަށް ނިންމައި އަލުން ބޯޑު އެކުލަން ޕީއެސްއެމް ގާނޫނަށް އިސްލާހު ގެނެސް މަޖިލީހުން ފާސްކުރީ މިއަދު އެވެ.

comment ކޮމެންޓް