އެޑްވަޓޯރިއަލް: ދަރިފުޅު އިންޓަނެޓުން ބަލަނީ ކޯޗެއްކަން އެނގޭހެއްޔެވެ؟

ލިންކްސާވުން ވިއްކާ "ސާކަލް ވިތު ޑިޒްނީ" ޑިވައިސް --

ޒަމާނީ ޓެކްނޮލޮޖީ މިއަދު ކުރިއަރާފައި މި ވަނީ އަޅުގަނޑުމެންގެ އަތްފޯރާ ވަރަށްވުރެ މާބޮޑަށެވެ. މިއަދު ކޮންމެ ކަމެއްގައިމެ ބޭނުން މި ކުރަނީ ޓެކްނޮލޮޖީއެވެ. މައުލޫމާތު ފަތުރާ މައުލޫމާތު ހޯދުމުގައި މުޅި ދުނިޔެ މި ވަނީ ގުޅާލެވިފައެވެ. އެކި އުމުރުފުރާތަކާއި ގުޅޭ ތަކެތި ކޮންމެ އުމުރެއްގެ މީހަކަށްވެސް ބަލާލެވޭހާ އިންޓަނެޓުގެ ވަސީލަތްވެސް މިއަދު މި ވަނީ ފުޅާވެފައެވެ.

ސްކޫލުތައްވެސް މިއަދު މި ވަނީ ޓެކްނޮލޮޖީގެ ބޭނުން އިންތިހާއަށް ހިފައި، އެ ތަކެތި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދޭ މަދަރުސާތަކެއް ކަމުގައި ވެފައެވެ. ކުދިން ގެއަށް އައުމަށްފަހު ކިޔެވުމަށް މައުލޫމާތު ހޯދައި، ފޫހި ފިލުވުމަށާއި ގޭމު ކުޅުމަށް ބޭނުންކުރަނީވެސް އިންޓަނެޓެވެ.

މައިންބަފައިން ދަރީން ރަމަތަކޮށް، ގޭގައި ބޭތިއްބުމަށްޓަކައި ޓެބްލެޓެއް ނުވަތަ ފޯނެއް ދީފައި އެއަށް އިންޓަނެޓު ދޫކޮށްލާފައި ބަހައްޓައެވެ. މިއީ ހަގީގަތުގައި ކިހާ ވަރެއްގެ ކަމެއްކަން އެނގޭ ބެލެނިވެރިން މަދެވެ.

އެއްވެސް ހައްދެއް ނެތި ދަރީންނަށް އިންޓަނެޓު ދޫކޮށްފައި ބެހެއްޓުމަކީ ނުރައްކާ ބޮޑު ކަމެކެވެ. އެ ކުދިން އިންޓަނެޓުން ކުރާ ނުކުރާ ކަމެއް ބެލުމަށް ބެލެވެރީންނަށް އަބަދު ކައިރީގައި ނުތިބެވިދާނެއެވެ. މިކަމުގެ ސަބަބުން މީސްމީޑިއާގެ އަވައިގައި ޖެހި، އުމުރާ ނުގުޅޭ ޒާތުގެ ވެބްސައިޓުތަކާއި ވީޑިއޯތަކާއި ގޭމުތަކަށް ކުދިން އެކްސްޕޯސްވެދާނެއެވެ. މި ކަންކަމާ މެދު ފުންކޮށް ވިސްނަން އެބަ ޖެހެއެވެ.

ލިންކްސާވުން ވިއްކާ "ސާކަލް ވިތު ޑިޒްނީ" ޑިވައިސް --

ދަރީންނަށް އިންޓަނެޓާއި ޓެބްލެޓު ފަދަ ތަކެތި ދޭނަމަ އެ ކުދީން އޭގެ ބޭނުން ހިފަނީ ހެޔޮގޮތުގައިތޯ ބަލައި، އެކުދީން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަކީ މައިންބަފައިން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ހައްލު ބޭނުންވެފައިވާ މި މުހިންމު މައްސަލައަށް ހައްލެއް ނެތްކަމުގައި ގިނަ ބަޔަކަށް ހީވެދާނެއެވެ. ނަމަވެސް މިކަމުގެ ހައްލުވެސް ހަމަ ޓެކްނޮލޮޖީގެ ތެރެއިން ލިބެން އެބަހުއްޓެވެ. ލިބެން އޮތް އެންމެ ރަނގަޅު އެއް ހައްލަކީ ގޭގެ އިންޓަނެޓު ތިމާ ބޭނުންގޮތަކަށް ކޮންޓްރޯލްކޮށްލުމެވެ. މިއީ މިއަދު ފަސޭހައިން ކޮށްލެވިދާނެ ކަމެކެވެ.

"ސާކަލް ވިތު ޑިޒްނީ"ގެ ނަމުގައި އުފައްދާފައިވާ ކުޑަކުޑަ ޑިވައިސްއެއް ބޭނުންކޮށްގެން ކޮށްލެވޭ ކަންކަމަށް ބަލާނަމަ، މިއީ މިއަދު އިންޓަނެޓް ބޭނުންކުރާ އެކި އުމުރުގެ ކުދިންނާއި މީހުން އުޅޭ ކޮންމެ ގެއަކަށް މުހިންމު އެއްޗެކެވެ. ގޭގެ އިންޓަނެޓާއި ގުޅާލެވޭ ކޮންމެ ޑިވައިސްއެއްގެ އިންޓަނެޓް ކޮންޓްރޯލުކުރެވޭނެއެވެ. އެއީ ފޯނެއް، ޓެބްލެޓެއް، އައިޕެޑެއް، ލެޕްޓޮޕެއް ނުވަތަ ކޮމްޕިއުޓަރެއް ވިޔަސް ކޮންޓްރޯލުކުރެވޭނެއެވެ.

ލިންކްސާވުން ވިއްކާ "ސާކަލް ވިތު ޑިޒްނީ" ޑިވައިސް ފޯނުން ކޮންޓްރޯލުކުރާ އެޕް --

ގޭގައި އިންޓަނެޓްގެ ޚިދުމަތްދޭ "ރައުޓަރާ" މި ޑިވައިސް ގުޅުވާލަންވީއެވެ. އޭރުން ގޭގެ ނެޓްވޯކާ ވައިފައިކޮށް ވިޔަސް، އަދި ކޭބަލަކުން ވިޔަސް ގުޅާލާ ކޮންމެ ޑިވައިސްއެއް ތިމާ ބޭނުން މިންގަނޑަކަށް ރަމަތަކޮށްލަންވީއެވެ.

މި ޑިވައިސް މެދުވެރިކޮށް، އެކި މީހުންގެ ޑިވައިސްތައް އިންޓަނެޓާ ގުޅިފައި ހުންނާނެ ގަޑިތައް ކަނޑައަޅަންވީއެވެ. އޭރުން އެ ނޫން ގަޑިތަކުގައި ގޭގެ އިންޓަނެޓު ބޭނުންކޮށްގެން އެ ޑިވައިސްއަކުން އިންޓަނެޓުގެ ޚިދުމަތް ބޭނުމެއް ނުކުރެވޭނެއެވެ. ވަކި ވަކި އެޕްލިކޭޝަން ބޭނުންކުރެވޭ ގަޑިތައްވެސް މިފަދައިން ކަނޑައެޅޭނެއެވެ. މިސާލަކަށް ފޭސްބުކް ނުވަތަ ވައިބާ ބޭނުންކުރެވޭނީ ދުވަހުގެ މިވެނި ވަގުތެއްގައި ކަމަށް ކަނޑައެޅިދާނެއެވެ. އެކި މީހުންނަށް ވަދެވޭނެ ވެބްސައިޓުތަކާއި ނުވަދެވޭނެ އެޕްލިކޭޝަންތައްވެސް ކަނޑައަޅާލެވޭނެއެވެ.

މި ޑިވައިސްގެ ޚާއްސަ އަނެއްކަމަކީ، އިންޓަނެޓް ހުއްޓާލާފައި ނިދަންވީ ގަޑި ކަނޑައަޅާލެވޭކަމެވެ. އޭރުން އެ ގަޑިއަކަށް އަމިއްލައަށް އެ ޑިވައިސްއަކުން އިންޓަނެޓް ކަނޑާލާނެއެވެ. އަދި ހޭލާ ގަޑި ކަމަށް ކަނޑައަޅާފައިވާ ގަޑީގައި އިންޓަނެޓާ ގުޅާލާނެއެވެ. ނުވީތާކަށް، ބޭނުން ވަގުތަކު އެންމެންނަށް އެއްކޮށް ނުވަތަ ވަކިވަކި މީހުނަށް އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލެވިދާނެއެވެ.

އޭގެ އިތުރުން އެކި މީހުންގެ ޑިވައިސްތަކުން އިންޓަނެޓު ބޭނުންކުރާ މިންވަރާއި، އެންމެ ގިނައިން ބޭނުންކުރާ ވެބްސައިޓުތައް ނުވަތަ އެޕްލިކޭޝަންތައް ދައްކާ ތަފާސް ހިސާބުތައް ބަލާލެވޭނެއެވެ.

ލިންކްސާވުން ވިއްކާ "ސާކަލް ވިތު ޑިޒްނީ" ޑިވައިސް ފޯނުން ކޮންޓްރޯލުކުރާ އެޕް --

މި ޑިވައިސް މެދުވެރިކޮށް "އިނާޔަތް"ވެސް ދެވެއެވެ. އެގޮތުން، ދަރިފުޅުގެ ކަންކަން ރަނގަޅުނަމަ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ ދުވަހެއްގެ އިންޓަނެޓް މަނާ ގަޑި، މަނާ ނޫންކަމުގައި ހަމަޖައްސާލެވިދާނެއެވެ. ނުވަތަ އެ ދުވަހަކު އިންޓަނެޓް ބޭނުންކުރެވޭ ވަގުތު އިތުރުކޮށްލެވިދާނެއެވެ. ނުވަތަ ރޭގަނޑު ނިދާގަޑި ކަމުގައި ކަނޑައަޅާފައިވާ ގަޑި އިތުރުކޮށްލެވިދާނެއެވެ.

"ސާކަލް ވިތު ޑިޒްނީ"އަކީ މިއަދު ރާއްޖެއިން ލިބެން އެބަ ހުއްޓެވެ. މިއީ ރާއްޖެ ޓެކްނޮލޮޖީއަށް ލޯހުޅުވިފައި ހުރި މިންވަރު ދައްކައިދޭ ހެއްކެކެވެ.

ލިންކްސާވްގެ ޝޯރޫމްގައި ހުންނަ "ލިންކް ގެޖެޓްސް"އިން މި ޑިވައިސް ހެޔޮއަގުގައި މިހާރު ގަންނަން ލިބެން އެބަހުއްޓެވެ. ވީ އިރު މިފަދަ މުހިންމު ކަމެއް ނުކޮށް ލަސްކުރުމުގެ އެއްވެސް މާނައެއް ނެތެވެ. 3003000 އަށް ގުޅާލައިގެން އިތުރު މައުލޫމާތު ސާފުކޮށްލެވޭނެއެވެ.

comment ކޮމެންޓް