ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޭއެފްސީގެ އައުޓްލެޓެއް ހުޅުވައިފިއެވެ.
އެމެރިކާގެ ފާސްޓްފުޑް ރެސްޓޯރަންޓް ޗެއިން، ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) މާލޭގައި މިރޭ ރަސްމީކޮށް ހުޅުވާލީ، ދައުވަތު އެރުވިގެން އެތަނަށް ދިޔަ ބައެއް މީހުންނަށެވެ.
މާލޭގައި ކޭއެފްސީ ރަސްމީކޮށް ހުޅުވުން: ކޭއެފްސީ ހުންނާނީ ގާކޮށި ފްލެޓު އިމާރާތުގެ ތިރީގައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެހެން ނަމަވެސް އާންމުންނަށް އެތަން ހުޅުވާލަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11:00 އިން ފެށިގެންނެވެ. އަދި މާދަމާ ކޭއެފްސީން ޚިދުމަތް ހޯދާ ފުރަތަމަ 100 ކަސްޓަމަރުންގެ ތެރޭން ކޮންމެ ކަސްޓަމަރަކަށްވެސް ކޭއެފްސީ ސްޕެޝަލް އެޑިޝަންގެ ޓީޝާޓެއް ލިބޭނެއެވެ.
މާލެ ސްކޮއާ ނުވަތަ ގާކޮށި ފްލެޓު އިމާރާތުގެ ތިރީގައި ހުޅުވި ކޭއެފްސީ ރާއްޖޭގައި ހިންގަނީ، ޕިއްޒާ ހަޓްވެސް ހިންގާ، ގަމާ އައިލެންޑް ފުޑް ޕްރައިވެޓް ލިމިޓެޑުންނެވެ.
މާލޭގައި ކޭއެފްސީ ރަސްމީކޮށް ހުޅުވުން: ކޭއެފްސީ ހުންނާނީ ގާކޮށި ފްލެޓު އިމާރާތުގެ ތިރީގައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މާލޭގައި ކޭއެފްސީ ރަސްމީކޮށް ހުޅުވުން: ކޭއެފްސީ ހުންނާނީ ގާކޮށި ފްލެޓު އިމާރާތުގެ ތިރީގައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ކޭއެފްސީއިން ބުނި ގޮތުގައި އެހެން ގައުމުތަކުގައި ވެސް ކޭއެފްސީއިން ލިބޭ "ހޮޓް އެންޑް ކްރިސްޕީ ޗިކަން"، "ޒިންގާ ބާގާ" އަދި ހޮޓް ވިންގްސްގެ އިތުރުން ޗިކަން ޕޮޕްކޯން އަދި ތަފާތު ވައްތަރުގެ ބުއިންތައް ލިބޭނެއެވެ.
ލަންކާއާއި ރާއްޖޭގައި ޕިއްޒާހަޓާއި ކޭއެފްސީވެސް ހިންގާ ގަމާ ޕިއްޒާކްރާފްޓް ލަންކާގެ ސީއީއޯ ޔާސަ ނަދަރާޖާ ވިދާޅުވީ ރާއްޖެއަށް ކޭއެފްސީގެ ތަޖުރިބާ ގެނެސްދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.