ދުނިޔޭގެ އެންމެ ފުރަތަމަ "އިންޓަ ޓައިޑަލް އާޓް މިއުޒިއަމް" ސިއްރު ފެންފުށީގައި

ސިއްރު ފެންފުށީގައި ހުޅުވި ދުނިޔޭގެ އެންމެ ފުރަތަމަ "އިންޓަ ޓައިޑަލް އާޓް މިއުޒިއަމް"

ށ. ގާކޮށިބީގައި ހިންގަމުން އަންނަ ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށީގައި ދުނިޔޭގެ އެންމެ ފުރަތަމަ "އިންޓަ ޓައިޑަލް އާޓް މިއުޒިއަމް" ހުޅުވައިފިއެވެ.

"ކޮރަލޭރިއަމް"ގެ ނަން ދީފައިވާ އެތަން ތައްޔާރުކޮށްފައިވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ސްކަލްޕްޓާ ޖޭސަން ޑިކެއިރިސް ޓެއިލާއެވެ.

ސިއްރު ފެންފުށީގައި ހުޅުވި އާޓް މިއުޒިއަމަކީ ދުނިޔެ ހޫނުވަމުން އަންނާތީ މޫދުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން މީހުންގެ ސަމާލުކަން ލިބޭގޮތަށް ހަދާފައިވާ ތަނެކެވެ.

މިތަނުގައި ޖުމްލަ 14 ސްކަލްޕްޗާ ބަހައްޓާފައި އެބަހުރި.

ސްޓެއިންލެސް ސްޓީލުން ތައްޔާރުކޮށްފައިވާ ބޮޑު ފްރޭމެއް މޫދުގައި ހަރުކޮށްގެން ހަދާފައިވާ އެ ތަނުގެ މަތީގައި ބަޔަކު ތިބޭ މަންޒަރު ދައްކުވައިދެ އެވެ. އަދި އެ ސްޓްރަކްޗާގެ އެތެރޭގައި ވެސް ބައެއް މީހުން މައްޗަށް ބަލަހައްޓައިގެން ތިބޭ މަންޒަރު ދައްކުވައިދެއެވެ.

ދިޔަވަރު ބޮޑުވާ ވަގުތު އެ ފްރޭމް އެއްކޮށް ފެނުގެ އަޑިއަށް ގޮސް، ގެއްލޭއިރު، ދިޔަވަރު ހިކޭ ވަގުތު އެ ތަން އެއްކޮށް ފެންނާނެއެވެ.

އެތަން ތައްޔާރުކޮށްފައިވަނީ، އެ ފްރޭމުގައި އަދި އެ ތަނުގައި ބަހައްޓާފައިވާ ސްކަލްޕްޗާތަކުގައި މުރަކަ އާލާ ކުރެވޭނެއެވެ. އަދި މި ތަނުގައި ޖުމްލަ 14 ސްކަލްޕްޗާ ބަހައްޓާފައިވެއެވެ.

https://sun.mv/100619

ލަގްޒަރީ ފެންވަރުގެ 120 ވިލާއާ އެކު މިދިޔަ ޖެނުއަރީ މަހު ހުޅުވި ރިސޯޓުން ބުނީ ގެސްޓުންނަށް، ކޮންމެ ދުވަހަކު ވެސް އެ ތަން ކަނޑު އަޑިންނާއި ދިޔަވަރު ހިކޭ ވަގުތުވެސް ބެލޭނެ ކަމަށެވެ. އަދި އެ ތަން ބަލަން ގެސްޓުން ދާއިރު، އެ ރިސޯޓުގެ މެރިން ބަޔޮލަޖިސްޓުން އެ ތަނާ ގުޅޭ ތަފްސީލު މައުލޫމާތުތައް ގެސްޓުންނަށް ދޭނެ ކަމަށެވެ.

comment ކޮމެންޓް