12 މެމްބަރުންގެ ގޮނޑި ގެއްލުނު މައްސަލައިގެ ހުކުމް އިއްވުން ކެންސަލް ކޮށްފި

12 މެމްބަރުންގެ މައްސަލާގައި މެމްބަރުންތަކެއް ސުޕްރީމް ކޯޓަށް ގޮސް ނިކުންނަނީ --- ސަންފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ތާވަލު ކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.

އެ މައްސަލައަކީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައި އޮތް ބައި ބާތިލް ކުރުމަށް ދައުލަތުން ހުށަހެޅި މައްސަލަ އެކެވެ.

މައްސަލައިގެ މީގެ ކުރިން ދެ އަޑުއެހުމެއް ވަނީ ބާއްވައިފަ އެވެ. މިއަދަށް ތާވަލު ކުރީ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެވެ. ނަމަވެސް އެ މައްސަލަ ކެންސަލްވިކަން ސުޕްރީމް ކޯޓުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ކެންސަލްވި ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އެ މައްސަލާގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރާ ބެހޭ ގޮތުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ފަނޑިޔާރަކު ކުށެއްކޮށްފި ނަމަ އެ ކުށަކީ އޭނާ އަމިއްލައަށް ޝަހުސީ ގޮތުން ކުރާ ކުށެއް ކަމަށާއި ކުށެއްގެ ސަބަބުން "ފަނޑިޔާރުން ކުރާ ހުކުމްތައް ގޯހެކޭ ނުބުނެވޭނެ" ކަމަށެވެ.

comment ކޮމެންޓް