ވާދޫ ކައިރިން ދޯންޏެއް އަޑިއަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

މާލެ އަތޮޅު ވާދޫ ކައިރިން ދޯންޏެއް އަޑިއަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 09:34ގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯންޏަކީ ވެލިބަރުކޮށްގެން ދަތުރުކުރި 13 މީޓަރުގެ ދޯންޏެއް ކަމަށެވެ.

ހަ މީހުން ދަތުރުކުރި އެ ދޯނީގެ ފަޅުވެރިން ޕަމްޕެއް ބޭނުންކޮށްގެން ކުރި މަސައްކަތުން ދިޔަވުން ކޮންޓްރޯލްކޮށްފައިވާ ކަަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި މިހާރު ދޯނީގެ ވެރިފަރާތުން އެ ދޯނި ކަފުޖަހާނެ އުނޅަދެއް ހޯދައިގެން ކަފުޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށާއި އަދި އެމްއެންޑީއެފްގެ ސީޖީ ލޯންޗް ދޯނިކައިރީގައި އޮވެގެން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

comment ކޮމެންޓް