ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރި ކުރަމުން އަންނަ އެމްޔޫސްޓޯރުގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
ހުޅުމާލޭ ނިރޮޅުމަގުގެ މެއިން ބަސްޓޮޕް ކުރިމައްޗައްވާ ގޮތަށް ހުޅުވި އެ ފިހާރައިން މާލެ އާއި އެއް އަގެއްގައި މުދާ ލިބޭނެ ކަމަށް އެމްޔޫސްޓޯރުން ބުނެ އެވެ.
ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ހުޅުމާލޭ ފިހާރައިން މުދާ ލިބޭނެ ކަމަށާއި އެ ފިހާރަ ހުޅުވުމުގެ ބޭނުމަކީ ހުޅުމާލޭގައި ރީޓޭލްކޮށް ވިޔަފާރިކުރާ ވިޔަފާރިތަކަށް ހުޅުމާލެ އަށް މުދާ އުފުލުމުގައި ދިމާވެފައިވާ އުނދަގޫތައް ކުޑަކޮށް، އެމްޔޫސްޓޯރުން ވިއްކާ މުދާ ހުޅުމާލެއިން ފަސޭހަކަމާ އެކު ފޯރުކޮށް ދިނުން ކަމަށް އެ ފިހާރައިން ބުނެ އެވެ.
އެމްޔޫ ސްޓޯރަކީ އާންމުންގެ މެދުގައި މަގްބޫލު ލެކްނޯ ޖޫހާއި ލެކްނޯ ކިރު، އަދި އިންޑޯމިލްކާއި އޮލިޓަލިޔާ އޮލިވް އޮއިލް ފަދަ މަޝްހޫރު ބްރޭންޑްތައް ވިއްކާ ފިހާރައެކެވެ.