ރާއްޖެ ގެނައި ސޯސްއެއްގައި ހަލާލު ނޫން މާއްދާއެއް!

ކެމްޕާގްނާ ބޮލޮގްނައިސް ސޯސްގެ ވައްތަރެއް: އެމްޔޫ ސްޓޯރުން ގެނައި އެ ބްރޭންޑްގެ ސޯސްއެއްގައި ހަލާލު ނޫން މާއްދާއެއް ހުރިކަން ވަނީ ފާހަގަވެފައި ----

އެމްޔޫ ސްޓޯރުން ރާއްޖެ ގެނައި ސޯސްއެއްގައި ހަލާލު ނޫން މާއްދާއެއް ހުރުމުން އެ ސޯސް ވިއްކުން ހުއްޓާލައިފިއެވެ.

އެމްޔޫ ސްޓޯރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, އެ ކުންފުނިން ދާދިފަހުން އަލަށް ގެނައި "ކެމްޕާގްނާ ބޮލޮގްނައިސް ސޯސް" އުފެއްދުމަށް ހަލާލު ނޫން މާއްދާއެއް ކޮންމެވެސް ވަރަކަށް ބޭނުންކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނެސްފައިވާކަން ފާހަގަކޮށް އެމްޔޫ ސްޓޯރުން ބުނީ, ސޯސް ވިއްކުން ވަގުތުން ހުއްޓާލައި އެ ޕްރޮޑަކްޓް ގަނެފައިވާ ރީޓޭލަރުންގެ ފިހާރަތަކުން ވެސް އެ އައިޓަމް ނެގުމަށް އަންގައި، އެފަރާތްތަކަށް ރިފަންޑް ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެ ސޯސް ގަނެ ބޭނުންކުރި ކަސްޓަމަރުންގެ ފަރާތުން އެމްޔޫ ސްޓޯރުން ވަނީ މައާފަށް އެދިފައެވެ.

comment ކޮމެންޓް