ރީޖަނަލް އެއާޕޯޓްސް އިން އެމްޔޫ ސްޓޯރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރީޖަނަލް އެއާޕޯޓްސް އާއި އެމްޔޫ ސްޓޯރާއެކު ވެވުނު އެއްބަސްވުން--

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ދަށުން ހިންގާ ހުރިހާ އެއާޕޯޓެއްގައި އެމްޔޫ ސްޓޯރުގެ ޕްރޮޑަކްޓުތައް އިޝްތިހާރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން އެއައާޕޯޓްތަކުން ކަނޑައަޅައިފައިވާ ހާއްސަ ޖާގައެއްގައި އެމްޔޫ ސްޓޯރަށް އިޝްތިހާރުކުރުމާއި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގާ ހޯރަފުށީ އެއާޕޯޓާއި ކުޅުދުއްފުށި އެއާޕޯޓާއި ފުވައްމުލަކު އެއާޕޯޓުގެ ބިލްބޯޑްތަކުގައި އިޝްތިހާރު ކުރެވިގެންދާނެއެވެ.

ހަމައެހެންމެ ކާޑެއްދޫ އެއާޕޯޓާއި މާވަރުލު އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓާއި ފުނަދޫ އެއާޕޯޓުގައި ޓްރޯލީތަކުގައި އިޝްތިހާރު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ ފުވައްމުލައް ސިޓީ، ހދ، ގދ، ށ. އަތޮޅުގެ އެއާޕޯޓުތަކުގައި މި އިޝްތިހާރުތައް ބެހެއްޓިގެން ދިއުމަކީ އެމްޔޫ ސްޓޯރުން ވިއްކާ ޕްރޮޑަކްޓުތައް މި އަތޮޅުތަކުގެ ރައްޔިތުންނަށް އިޝްތިހާރުވުމަށް ހުޅުވިގެންދާނެ މަގެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އަންނަނީ ކަސްޓަމަރުންނަށް އިތުރު ހިދުމަތްތައް ދިނުމަށާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ވިޔަފާރީގެ ގޮތުން ތަފާތު މަޝްރޫއުތައް އުފެއްދުމަށް އަމަލީ ގޮތުން މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް