އިބޫ ޑޯޓުޑޯ އަށް ހުޅުމާލެއަށް ވަޑައިގަތުމުން ބަޔަކު ހަމަނުޖެހުން ހިންގަން އުޅެފި

މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މެމްބަރުން މަޖިލީހައް ހާޒިރު ވަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިދިކޮޅު ކޯލީޝަނުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކަމަށް އިއުލާންކޮށްފައިވާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލީހު (އިބޫ) ހުޅުމާލެއަށް ވަޑައިގަތުމުން ބަޔަކު ހަމަނުޖެހުން ހިންގަން އުޅެފިއެވެ.

އިބޫއާ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރީ މިއަދު ހުޅުމާލެ އަށް ވަޑައިގެން ކެމްޕެއިން ކުރައްވަން އުޅުއްވަނިކޮށް މަގުމަތިން ދިޔަ ސައިކަލެއްގައި ތިބި ދެ މީހުންނެވެ. އެމީހުން ހަމަ ނުޖެހުން ހިންގަން އުޅުމުން އިބޫ ވަނީ އެސަރަހައްދުން ދުރަށް ގެންގޮސްފައެވެ.

މިކަމާއި ގުޅިގެން "ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ނަމަ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށާއި އަދި އެފަދަ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ހުށަހަޅައިފި ނަމަ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށެވެ.

އިބޫއާ ބަޔަކު ހަމަނުކެހުން ހިންގަން އުޅުނު އިރު ދާދި ފަހުން ޕީޕީއެމް އިން މާލޭގައި ކުރިއަށް ގެންދިޔަ ޑޯޓުޑޯގެ ތެރެއިން ބަޔަކު ވަނީ އެކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޒުވާބުކޮށް ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯވެސް މީގެ ކުރިންވަނީ އާންމުވެފައެވެ.

comment ކޮމެންޓް