ރައީސްގެ އެވޯޑް ހަ ދަރިވަރަކަށް

"ޓްޕް އެޗީވާސް އެވޯޑް" ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒް މޫސާ

އޭލެވެލްގެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ރައީސް އަބްދުﷲ ޔާމީން ދެއްވާ ހާއްސަ އެވޯޑް ހަ ދަރިވަރަކު ހޯދައިފިއެވެ.

އޭލެވެލްގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ އަގުވަޒަން ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި "ޓްޕް އެޗީވާސް އެވޯޑް" ހަފްލާގައި ޖުމުލަ 204 ދަރިވަރަކު ވަނީ އެކިއެކި ވަނަތައް ހާސިލްކޮށްފައެވެ.

"ޓްޕް އެޗީވާސް އެވޯޑް" ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒް މޫސާ

މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކުރިއަށްދިޔަ އޭލެވެލް އިމްތިހާނުގައި އެންމެ ފަހުރުވެރި ވަނަ ހޯދާފައިވަނީ އެންމެ ފުޅާ ދާއިރާއެއްގައި ޒަމާނުއްސުރެ މަތީސާނަވީ ތައުލީމް ފޯރުކޮށްދޭ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގެ ހަ ދަރިވަރެކެވެ.

އެއީ އެ ސްކޫލުގެ އަހްމަދު ބާސިލް، އައިޝަތު ނާޒިޔާ، އައިމިނަތު އިބާނާ، ހުސައިން ޝަމްއާހް، މަރިޔަމް އަޒްހާ އަދި މަރިޔަމް އިންޝާއެވެ.

"ޓްޕް އެޗީވާސް އެވޯޑް" ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒް މޫސާ

މިއަހަރު "ޓްޕް އެޗީވާސް އެވޯޑް"ގެ އެއްވަނަ 47 ދަރިވަރަކު ވަނީ ހޯދައިފައެވެ. ދެވަނަ ހޯދާފައިވަނީ ޖުމުލަ 39 ދަރިވަރުންނެވެ. ތިންވަނައަށް ނުވަ ދަރިވަރަކު ދިޔައިރު 21 ދަރިވަރަކު ވަނީ ހަތަރުވަނަ ހޯދައިފައެވެ. ދިރާގުން ސްޕޯންސާ ކޮށްގެން ކުރިއަށްގެންދިޔަ އެ އެވޯޑް ހަފްލާގައި ފަސްވަނަ ގެންގޮސްފައިވަނީ އަށް ދަރިވަރެކެވެ.

މިފަހަރުގެ އެވޯޑް ހަފްލާގައި ހަވަނަ ގެންދިޔައީ 20ދަރިވަރެކެވެ. ހަތްވަނައަށް ހަތަރު ދަރިވަރަކު ދިޔައިރު 27 ދަރިވަރަކު އަށްވަނަ ހޯދިއެވެ. ނުވަވަނައަށް ނުވަ ދަރިވަރަކު ދިޔައިރު ދިހަވަނައަށް ގޮސްފައިވަނީ ޖުމުލަ 20 ދަރިވަރެކެވެ. މުޅި ދުނިޔެއިން 43 ކުއްޖަކު ވަނީ ވަނަ ހޯދައިފައެވެ.

"ޓްޕް އެޗީވާސް އެވޯޑް" ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒް މޫސާ

ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ސަރުކާރުން ހަވާލުކުރާ ހާއްސާ އިނާމްތައް ހަވާލު ކުރިއިރު މެއިން ސްޕޯންސާރ ދިރާގުންވެސް ވަނީ ހާއްސަ އިނާމެއް ހަވާލުކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ 2017 ވަނަ އަހަރަކީ ރެކޯޑް އަދަދަކަށް އޭލެވެލްގެ އެއްވަނާގައި ދަރިވަރުން ހިމެނުނު އަހަރެއް ކަމަށާއި އެކަމުން ދޭހަކޮށްދެނީ ތައުލީމީ ދާއިރާއަށް އަންނަމުންދާ ކުރިއެރުން ކަމަށެވެ.

"ޓްޕް އެޗީވާސް އެވޯޑް" ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒް މޫސާ

މިނިސްޓަރު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ދަރިވަރުންގެ ނަތީޖާ ރަނގަޅުވަމުން ދިއުމަކީ ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބު ވަމުންދާ ކަމުގެ ހެއްކެއް ކަމަށާއި އެ މަސައްކަތް ފުރިހަމަ ކޮށްދިނުމަށް ބެލެނިވެރިންނާއި ޓީޗަރުން އަދި ތައުލީމީ ދާއިރާއާ ގުޅުން ހުރި އެކިއެކި މުއައްސަސާތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރާ ކަމަށެވެ.

comment ކޮމެންޓް