އޭސް ހާޑްވެއާ އަދި ކަލަރބޭންކްގެ ރޯދަ ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް އިނާމު ދީފި

އޭސް ހާޑްވެއާ އަދި ކަލަރބޭންކްގެ ރޯދަ ބަދަލު ޕްރޮމޯޝަނުގެ ނަސީބުވެރިޔާއާ 300،000 ރުފިޔާގެ ޗެކު ހަވާލުކުރަނީ --- ސަން ފޮޓޯ

ކޯލޯޑް މޯލްޑިވްސްއިން ހިންގާ އޭސް ހާޑްވެއާ އަދި ކަލަރބޭންކްއިން ކުރިއަށް ގެންދިއަ "ރޯދަ ބަދަލު" ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް އިނާމު ދީފިއެވެ.

ނަސީބުވެރިންނަށް އިނާމު ހަވާލުކުރުމަށް ސޯލްޓް ކެފޭ އެންޑް ރެސްޓޯރަންޓްގައި މިއަދު ހަވީރު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

"ރޯދަ ބަދަލު" ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ކަލަރބޭންކާއި އޭސް ހާޑްވެއާއިން 300 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ. މި ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް ހުށަހެޅި އިނާމަކީ ނަގުދު ފައިސާއިން 300،000 ރުފިޔާއެވެ.

މި އިނާމު ލިބުނު ނަސީބުވެރިއަކީ ހުސައިން ރަޝީދު ކިޔާ މީހެކެވެ. އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ ކޯލޯޑް މޯލްޑިވްސްގެ ޖެނެރަލް މެނޭޖާ ޓްރޭޑް މުހައްމަދު ހާނީއެވެ.

"ރޯދަ ބަދަލު" ޕްރޮމޯޝަނުގެ އިތުރުންވެސް އޭސް ހާޑްވެއާގެ ފޭސްބުކް އަދި އިންސްޓަގްރާމުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ނަސީބުވެރިންނަށް ވެސް މިއަދު ވަނީ އިނާމު ހަވާލުކޮށްދައެވެ.

އެގޮތުން، އޭސް ހާޑްވެއާ ފޭސްބުކްގައި ކުރިއަށްގެންދިޔަ "ލައިކް އެންޑް ކޮމެންޓް" މުބާރާތުން އެއްވަނައަށް ހޮވުނީ ޝިޒްނާ ހަލީމެވެ. އޭނާއަށް ލިބުނީ މެލޭޝިއާ ދެކޮޅު ޓިކެޓެވެ.

އޭސް ހާޑްވެއާ އިންސްޓަގްރާމުގައި "ކެއްކުން ވިތު އޭސް"ގެ ނަމުގައި ކުރިއަށްގެންދިޔަ ޕްރޮމޯޝަނުން އެންމެ ގިނަ ލައިކް ހޯދި ފާތިމަތު ނަހުލާއަށް ވަނީ ހެމިލްޓަން ބީޗު ބްރޭންޑުގެ ޑިޖިޓަލް ރައިސް ކުކަރެއް ލިބިފައެވެ.

މީގެ އިތުރުން "މޭކްއޯވާ ވިތު އޭސް"ގެ ނަމުގައި ކުރިއަށް ދިޔަ ހަރަކާތުގައި ބައިވެރިވެ އެންމެ ގިނަ ލައިކް ހޯދި ސަމިއްޔާ މުހައްމަދަށް ލިބުނީ ގްރިލްމާކް ބްރޭންޑުގެ ބާބަކިއު ގްރިލްއެކެވެ.

އޭސް ހާޑްވެއާ އަދި ކަލަރބޭންކް ހިންގާ ކޯލޯޑް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ޓްރޭޑް މުހައްމަދު ހާނީ ވިދާޅުވީ މި ޕްރޮމޯޝަންތަކަކީ ކާމިޔާބު ޕްރޮމޯޝަންތަކެއް ކަމަށާއި، ޕްރޮމޯޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮލިޓީ ރަނގަޅު މުދަލާއި ބޮޑެތި ޑިސްކައުންޓްތަކެއް ފޯރުކޮށްދެވިއްޖެ ކަމަށެވެ.

comment ކޮމެންޓް