ސަޓާގެ ބޫޓާން އިވެލުއޭޝަންސް ފަށައިފި

ސަޓާގެ ބޫޓާން އިވެލުއޭޝަންސް ފެށުން --- ފޮޓޯ: ހައިރައިޒް

ހައިރައިޒުން އިންތިޒާމުކޮށްގެން ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ އިންޑިއާގެ އިވެލުއޭޝަންތައް ނިންމާލައި ބޫޓާންގެ އިވެލުއޭޝަން ފަށައިފިއެވެ.

ބޫޓާންގެ ޕާރޯގައި ހުންނަ ޒިހްވާ ލިނގް ހެރިޓޭޖްގައި އެގައުމުގެ އިވެލުއޭޝަންތައް ފަށާފައިވާއިރު ގެސްޓް ޖޫރީއެއްގެ ގޮތުގައި ބޫޓާންގެ ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަނުގެ ފަރާތުން ކަރްމާ ޗޮއިކީ ބައިވެރިވާނެއެވެ. ޗޮއިކީ އަކީ އިންޑަސްޓްރީގައި ތަޖުރިބާކާރު ޕްރޮފެޝަނަލެކެވެ.

ސަޓާ 2018ގެ ޖަޖިން ޕެނަލްގައި ހިމެނެނީ ސްރީލަންކާގެ ޓޫރިޒަމް ދާއިރާގައި 30 އަށް ވުރެ ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ އަމާލް ގުނަޓިލަކަ، އިންޑިއާގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ރިންކޫ މަދަން އަދި ރާއްޖެއިން ހިންނާ ޚާލިދެވެ. ހިންނާއަކީ ސަރުކާރަށް 25 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ، މަސައްކަތުގެ ދާއިރާގައި ތަޖުރިބާކާރެކެވެ.

ނޮމިނޭޝަންތައް އިވެލުއޭޓު ކުރާއިރު، ކޮންމެ ފަރާތަކުންވެސް 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް ދޭން ޖެހޭނެއެވެ. ޕްރެޒެންޓޭޝަން ދޭން ޖެހޭނީ ދާއިރާގެ ތަޖުރިބާކާރު ޖަޖުންގެ ޕެނަލްއެއްގެ ކުރިމަތީގައެވެ.

ސަޓާގެ އިވެލުއޭޝަން ތަކުގެ ތެރެއިން އިންޑިއާގެ އިތުރުން ރާއްޖެއާއި ލަންކާގެ އިވެލުއޭޝަންތައް ވަނީ ނިމިފައެވެ. ބޫޓާނަށްފަހު ދެން އޮންނާނީ ނޭޕާލުގެ އިވެލުއޭޝަނެވެ.

މިއަހަރު ސަޓާގެ ގާލާ އޮންނާނީ ސެޕްޓެމްބަރު މަހުގެ 14-15 އަށް އިންޑިއާގެ މުމްބާއީގައެވެ.

comment ކޮމެންޓް