ޕެނަލްޓީގައި ކޮލަމްބިއާ ބަލިކޮށް، އިނގިރޭސީން ކުއާޓާއަށް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި އިނގިރޭސީންނާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އިނގިރޭސީން ކުއާޓާގެ ޖާގައެއް ހޯދީ ޕެނަލްޓީގައި ކުރި ހޯދައިގެން -- ފޮޓޯ/ އޭޕީ

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް، އިނގިރޭސީން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ރަޝިއާގެ އޮކްރީޓިޔޭ އެރީނާގައި މިއަދު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، އިނގިރޭސީންނާއި ކޮލަމްބިއާ އޮތީ 1-1ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ޕެނަލްޓީގައި އިނގިރޭސީން މޮޅުވީ 4-3ގެ ނަތީޖާއަކުންނެވެ. މިއީ ވޯލްޑް ކަޕެއްގައި ޕެނަލްޓީ ޖެހައިގަން އިނގިރޭސީން މޮޅުވި ފުރަތަމަ ފަހަރެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި އިނގިރޭސީންނާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އިނގިރޭސީން ކުއާޓާގެ ޖާގައެއް ހޯދީ ޕެނަލްޓީގައި ކުރި ހޯދައިގެން -- ފޮޓޯ/ އޭޕީ

އެ މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އިނގިރޭސި ކެޕްޓަން ހެރީ ކޭންއަށް ލިބުނު ފުރުސަތެކެވެ. އޭނާ ބޮލުން ފޮނުވާލި އެ ހަމަލާ ދިޔައީ ކޮލަމްބިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ މެޗުގައި އިނގިރޭސީން ލީޑު ހޯދީ މެޗުގެ 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީއަކީ ކޮލަމްބިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކޭންއަށް ކާލޯސް ސަންޗޭޒް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އިނގިރޭސީންނަށް ލިބުނު ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ކޭންއެވެ. އެއީ މިފަހަރުގެ ވޯލްޑް ކަޕްގައި ކޭން ކާމިޔާބުކުރި ހަވަނަ ލަނޑެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި އިނގިރޭސީންނާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އިނގިރޭސީން ކުއާޓާގެ ޖާގައެއް ހޯދީ ޕެނަލްޓީގައި ކުރި ހޯދައިގެން -- ފޮޓޯ/ އޭޕީ

ގިނަ މަސައްކަތްތަކެއްކޮށް، ކޮލަމްބިއާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ހުއާން ކުއަޑްރާޑޯ ނަގައިދިން ކޯނަރަކުން ކޮލަމްބިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޔެރީ މިނާއެވެ.

މެޗުގެ އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ކޮލަމްބިއާއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އިނގިރޭސީންގެ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގައި އިނގިރޭސީންނަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ކޮލަމްބިއާއިން ވަނީ ވަރަށް ރަނގަޅަށް އިނގިރޭސީންގެ ހަމަލާތައް ދިފާއުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި އިނގިރޭސީންނާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އިނގިރޭސީން ކުއާޓާގެ ޖާގައެއް ހޯދީ ޕެނަލްޓީގައި ކުރި ހޯދައިގެން -- ފޮޓޯ/ އޭޕީ

އިތުރު ވަގުތުގެ ދެ ހާފު ނިމުނު އިރު ވެސް 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. އިނގިރޭސީންގެ ޕެނަލްޓީތައް ހެރީ ކޭންއާއި މާކަސް ރަޝްފާޑާއި ކެވިން ޓްރިޕިއާ އަދި އެރިކް ޑަޔާ ކާމިޔާބުކޮށްދިން އިރު، ޖޯޑަން ހެންޑާސަންގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ކޮލަމްބިއާގެ ޕެނަލްޓީތައް ރަޑަމެލް ފަލްކާއޯއާއި ކުއަޑްރާޑޯއާއި ލުއިސް މުރިއެލް ކާމިޔާބުކޮށްދިން އިރު، މެޓެއުސް އުރީބޭއާއި ކާލޯސް ބަކާގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

ކުއާޓާގައި އިނގިރޭސީން ނުކުންނަން ޖެހޭނީ މިރޭ ކުޅުނު ގަދަ 16ގެ މެޗުގައި ސްވިޒަލެންޑް ބަލިކުރި ސްވިޑަންއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 7:00ގައެވެ.

ކުއާޓާ ފައިނަލުގެ މެޗުތައް:

6 ޖުލައި 2018 (ހުކުރު)

1900 އުރުގުއާއީ – ފްރާންސް

2300 ބްރެޒިލް – ބެލްޖިއަމް

7 ޖުލައި 2018 (ހޮނިހިރު)

1900 ސްވިޑަން – އިންގްލެންޑް

2300 ރަޝިއާ - ކްރޮއޭޝިއާ

comment ކޮމެންޓް