މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްގެން ށ. މިލަންދޫގައި ގާއިމްކުރި ނަރުދަމާ ނިޒާމް ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް އިފްތިތާހް ކޮށްދެއްވައިފިއެވެ.
އެކަން އިފްތިތާހް ކޮށްދެއްވީ ށ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިލަންދުއަށް ވަޑައިގެންނެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، ޖުމްލަ 56.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިލަންދޫގައި ނަރުދަމާ ގާއިމްކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 2014 ވަނަ އަހަރުގެ އޯގަސްޓް 19 ވަނަ ދުވަހު ކަމަށެވެ.
އެ މަޝްރޫއަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިޔަ މަޝްރޫއެއްކަމުން، އެ މަޝްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމާ އެކު އެ ރަށުގައި ޕަމްޕު ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީއައިއޭ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން އެ މަޝްރޫއުގެ ދަށުން މިލަންދޫގައި ފަސް ޕަމްޕު ސްޓޭޝަން ބަހައްޓައި 13.2 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ގާއިމްކޮށްފައެވެ. އަދި ރަށުގެ 700 ގެއަށް ވަނީ އެ ހިދުމަތް ދެވިފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 150 މީޓަރުގެ އައުޓް ފޯލް ހޮޅިއެއް ވަނީ އަޅައިފައެވެ.
މިލަންދޫގައި ގާއިމްކުރި ނަރުދަމާގެ ނިޒާމުގެ ހިދުމަތް ފޯރުކޮށްދެމުންދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
comment އަލީ
7 year 9 month ago
ސަޅކަޑާ މީހުންނަކަށް ކަމެއްނުކުރެވޭނެ! ގިނައިންހެދޭނީދޮގު ވިޔަފާރީގައިވެސް ކުރިއަރައިދަނީ އެކަމުގެ ޣާބިލްކަންހުންނަފާތަކަށް ގައުމެއްހިންގޭނީވެސް އެކަމުގެ ގާބިލިއްޔަތު ލިބިފައިވާފަރާތްތަކަށް މިކަން އައްނިގެ 3 އަހަރުގެ ވެރިކަމުން ސާބިތުވޭ
comment ޕީކޭ
7 year 9 month ago
ހަމަ ވޯޓަށް. ބޯބޮޑު މީހެއްތީ
comment ވަހީދު
7 year 9 month ago
ތަރައްޤީގެ މަގުގައި ރައީސް ޔާމީން ވަރަށް ކުރީގައި އުޅެނީ. ވާހަކަ މަދު އަމަލު ގިނަ މީހެއް