އެޑްވަޓޯރިއަލް: އެމްޑަބްލިއުއެސްސީގެ 30 އަހަރު ފާހަގަކުރަން، ރޯދަމަހު ކޮންމެ ދުވަހަކު މީލްޕެކް ހަދިޔާކުރަނީ

އެމްޑަބްލިއުއެސްސީގެ 30 އަހަރު ފާހަގަކުރަން، ރޯދަމަހު ކޮންމެ ދުވަހަކު މީލްޕެކް ހަދިޔާކުރުމުގެ ތެރެއިން --

ރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް މި އަހަރު، 30 އަހަރު ފުރޭނެއެވެ. އެ މުނާސަބާ ފާހަގަކުރަން އެ ކުންފުނިން ނިންމައިފައިވަނީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނާއި ރައްޔިތުންނާ ގުޅުން ބަދަހިވެ، މުޖުތަމައަށް ހެޔޮ ކަމެއް ކޮށްދެވޭ ގޮތަށެވެ.

އެމްޑަބްލިއުއެސްސީގެ މަސައްކަތްތައް ފަށައިފައިވަނީ އޭޕްރިލް 1، 1995ގައެވެ. އޭގެ ފަހުން ޚިދުމަތުގައި 30 އަހަރުވާން އުޅޭއިރު، އެ މުނާސަބަތާ ގުޅުން ހުރި ހަރަކާތްތަކެއް މި މަހު ވެސް ބާއްވަން ވަނީ ރާވައިފައެވެ. އެގޮތުން މި މަހުގެ ހަރަކާތްތައް ގުޅުވައިފައިވަނީ ބަރަކާތްތެރި ރޯދަމަހާއެވެ.

މިމަހުގެ އެއް ވަނަ ދުވަހު އެމްޑަބްލިއުއެސްސީން ވަނީ "އެކުވެރި ރޯދަ 30- ސުފުރާ"ގެ ނަމުގައި ހަރަކާތެއް ފަށައިފައެވެ. އެ ހަރަކާތުގެ ތެރެއިން، ކޮންމެ ދުވަހެއްގެ ހަވީރު 5:00އިން 6:00އާ ދެެމެދު ނިކަގަސްމަގުގައި ހުންނަ އެމްޑަބްލިއުއެސްސީ ޝޯރޫމް ކުރިމަތީގައި ބަހައްޓާފައިވާ ސްޓޯލްއަކުން ރޯދަވީއްލަން ބޭނުންކުރެވޭނެ ތަކެތި ބަހަމުންދެއެވެ.

ކޮންމެ ދުވަހެއްގެ ހަވީރު 5:00އިން 6:00އާ ދެެމެދު މީލް ޕެކް ބެހުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކުރޭ --

އާންމު ފަރާތްތަކަށް ވެސް ގޭގައި ތައްޔާރުކުރާ މީރު ކާތަކެތި ސްޓޯލަށް ގެންގޮސް ހަދިޔާ ކޮށްގެން އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަން އެ ކުންފުނިން ފާހަގަކުރިއެވެ.

އެގޮތަށް މީލްޕެކް ގެންނަ ނަމަ، ސާފުތާހިރުކަން ޔަގީންކުރުމުގެ ގޮތުން، މީލްޕެކް ހުންނަންވާނީ ފޮއިލް ކޮންޓެއިނަރުގައި ރައްކާތެރިކަމާއެކު ޕެކު ކޮށްފައިކަން އެމްޑަބްލިއުއެސްސީން ފާހަގަކުރިއެވެ.

އެ ހަރަކާތުގެ މަގުސަދަކީ މުވައްޒަފުންނާއި މުޖުތަމައާ ދެމެދު އޮންނަ އެކުވެރިކަން އާލާކުރުން --

އެ ހަރަކާތުގެ މަގުސަދަކީ ރޯދަމަހާ ގުޅިގެން އާއްމުންގެ ދިރިއުޅުމުގެ އެކިކަންކަމާއި މަސައްކަތުގެ ގަޑިތަކަށް އައި ބަދަލާއެކު، ރޯދަވެރިންނަށް ރޯދަވީއްލުމުގައި ދިމާވާ ދަތިތަކަށް ލުއެއް ހޯދައިދީ ފަސޭހަކަމާއެކު ރޯދަވީއްލޭނެ ގޮތް ހަމަޖެއްސުމެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނާއި މުޖުތަމައާ ދެމެދު އޮންނަ އެކުވެރިކަން އާލާކޮށް، ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމަކީ ވެސް އެ ކުންފުނީގެ އުއްމީދެކެވެ.

comment ކޮމެންޓް