މިރޭ ދެ ގަޑިއިރަށް ބައެއް ހިޔާ ޓަވަރުތަކުން ފެނުގެ ޚިދުމަތް މެދު ކަނޑާލަނީ

ހިޔާ ފްލެޓްތައް: މިރޭ ދެ ގަޑިއިރަށް ބައެއް ހިޔާ ޓަވަރުތަކުން ފެނުގެ ޚިދުމަތް މެދު ކަނޑާލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ދެގަޑިއިރަށް ބައެއް ހިޔާ ޓަވަރުތަކުން ފެނުގެ ޚިދުމަތް މެދު ކެނޑޭނެ ކަމަށް ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން މިރޭ ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ނޯޓިސްއެއްގައި ވަނީ، ފެނުގެ ޚިދުމަތް މެދުކަނޑާލަނީ ހިޔާ ޓަވަރު ނުވައެއް، 10، 11، 12، 13، 14، 15 އަދި 16 ވަނަ ޓަވަރުގެ ފަންގިފިލާ ނުވައަކުން، 16ވަނަ ފަންގިފިލާއަށް ކަމަށެވެ. އެއީ، މިރޭ 23:00 އިން މެންދަމު 2:00ގެ ނިޔަލަށެވެ.

އެގޮތުން، އެ ތަންތަނުން ފެން ކަނޑާލަނީ ހިޔާ ޓަވަރުތަކަށް ފެން ފޯރުކޮށްދޭ ބޫސްޓާ ޕަންޕު ސިސްޓަމަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން މަރާމާތުގެ މަސައްކަތެއް ކުރުމަށް ޓަކައި ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ޖެނުއަރީ މަހުގެ 10ގައި ވެސް އެ ޓަވަރުތަކަށް ފެނުގެ ޚިދުމަތް ދޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ފެނުގެ ޚިދުމަތް މެދުކެނޑުނެވެ.

comment ކޮމެންޓް