މިއަދަކީ ސަޓާ އެވޯޑަށް އޮންލައިންކޮށް ވޯޓު ދިނުމުގެ އެންމެ ފަހު ދުވަސް

ސާޓާ ގެ "ސަޓާ ގާލާ އެންޑް އެވޯޑްސް" ހަފްލާ އައްޑޫ ސިޓީގެ އީކުއޭޓާ ވިލެޖުން -- ފޮޓޯ/ ޑިޖިޓަލް ސްޓޫޑިއޯ

ހައިރައިޒުން އިންތިޒާމުކޮށްގެން ދޭ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ އޮންލައިން ވޯޓިންއަށް ހުޅުވާލާފައިވާ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެއެވެ.

ސަޓާ އެވޯޑަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށް އޮންލައިން ވޯޓިންގެ ފުރުސަތު ހުޅުވާލީ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ.

މިއަހަރު ސެޕްޓެމްބަރު މަހު މުމްބާއީގައި ބާއްވާ ސަޓާ އެވޯޑްސް 2018 އަށް 50 ދާއިރާއަކުން ޖުމްލަ 500 އަށް ވުރެ ގިނަ ފަރާތުން ވަނީ ނޮމިނޭޝަން ހުށަހަޅައިފައެވެ.

ސަޓާގެ އޮންލައިން ވޯޓިންގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާއިރު މިހާރު ކުރިއަށްދަނީ އެކި ގައުމުން ނޮމިނޭޓްވެފައިވާ ފަރާތްތަކުގެ އިވެލުއޭޝަންތަކެވެ. އެގޮތުން ރާއްޖެ، ސްރީލަންކާގެ އިވެލުއޭޝަން ނިންމާ މިހާރު ކުރިއަށްދަނީ އިންޑިއާގެ އިވެލުއޭޝަންތަކެވެ.

މިއަހަރަކީ ސަޓާ އެވޯޑްސް ބާއްވާ ތިންވަނަ އަހަރެވެ. އެންމެ ފުރަތަމަ ސަޓާ އެވޯޑްސް ބާއްވާފައި ވަނީ 2016 ވަނަ އަހަރު، ސްރީލަންކާގެ ކޮލޮމްބޯގަ އެވެ. އަދި 2017 ވަނަ އަހަރު ސަޓާ އެވޯޑްސް އޮތީ ރާއްޖޭގެ އައްޑޫ ސިޓީގަ އެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތައް:

  • އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ
  • ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ
  • ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް
  • ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް، އިންޑިއާ
  • ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް
  • އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ
  • މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  • ނޭޕާލް ޓޫރިޒަމް ބޯޑު
  • އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް
  • ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް
  • އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް
  • ހޮޓެލް އެންޑް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް ބޫޓާން
comment ކޮމެންޓް