ސަޓާގެ ލަންކާގެ އިވެލުއޭޝަން ނިންމައި އިންޑިއާގެ އިވެލުއޭޝަން ފަށައިފި

ލަންކާގައި ކުރިއަށްގެންދިޔަ ސަޓާގެ އިވެލުއޭޗަންގެ ތެރެއިން -- ފޮޓޯ/ ހައިރައިޒް

ދެކުނު އޭޝިއާ ސަރަހައްދުގައިދޭ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ ސްރީލަންކާގެ އިވެލުއޭޝަންތައް ނިންމާލައި އިންޑިއާގެ އިވެލުއޭޝަން ފަށައިފިއެވެ.

ސްރީލަންކާގެ އިވެލުއޭޝަންތައް ކުރިއަށްގެންގޮސްފައި ވަނީ މި މަހުގެ 25 އަދި 26 ގައި ކޮލޮމްބޯގެ ރަމަދާ ހޮޓެލްގައެވެ.

އިންޑިއާގެ އިވެލުއޭޝަންތައް ކުރިއަށްދާނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޗާންސަރީ ޕެވިލިއަން ހޮޓަލްގައެވެ.

ސަޓާ 2018ގެ ޖަޖިން ޕެނަލްގައި ހިމެނެނީ ސްރީލަންކާގެ ޓޫރިޒަމް ދާއިރާގައި 30 އަށް ވުރެ ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ އަމާލް ގުނަޓިލަކަ، އިންޑިއާގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރު ރިންކޫ މަދަން އަދި ރާއްޖެއިން ހިންނާ ޚާލިދެވެ. ހިންނާއަކީ ސަރުކާރަށް 25 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ، މަސައްކަތުގެ ދާއިރާގައި ތަޖުރިބާކާރެކެވެ.

ނޮމިނޭޝަންތައް އިވެލުއޭޓު ކުރާއިރު، ކޮންމެ ފަރާތަކުންވެސް 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް ދޭން ޖެހޭނެއެވެ. ޕްރެޒެންޓޭޝަން ދޭން ޖެހޭނީ ދާއިރާގެ ތަޖުރިބާކާރު ޖަޖުންގެ ޕެނަލްއެއްގެ ކުރިމަތީގައެވެ.

ރާއްޖެ އަދި ސްރީލަންކާގެ އިވެލުއޭޝަން ނިމިފައިވާއިރު ކޮލަމްބޯ، އިންޑިއާގެ ބެންގަލޫރު އަދި ނިއުދިއްލީ، ބޫޓާންގެ ޕަރޯ އަދި ނޭޕާލްގެ ކަތުމަންޑޫގައި އިވެލުއޭޝަން ކުރިއަށްދާނެއެވެ.

މިއަހަރު ސަޓާގެ ގާލާ އޮންނާނީ ސެޕްޓެމްބަރު މަހުގެ 14-15 އަށް އިންޑިއާގެ މުމްބާއީގައެވެ.

comment ކޮމެންޓް