އދ. އަތޮޅުގެެ 60 ނޯޓިކަލް މޭލުން ބޭރުން ތިން މީހަކު ތިބި ޑިންގީއެއް ފެނިގެން އއ. ރަސްދޫ "ރަންދުވެލި" ނަމަކަށް ކިޔާ ދޯންޏަކުން އެމްއެންޑީއެފަށް ރިޕޯޓްކުރުމާއެކު، އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ފާސްޓަރ އިންޓަސެޕްޓަރ ކްރާފްޓް، ވެލާނާ އެ ސަރަހަައްދަށް ގޮސް އޭގައި ތިބި މީހުން ނެގި ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ ކަނޑުމަތީގައި ގިނަ ދުވަސްތަކެއްވެ، ކާބޯތަކެއްޗާއި ފެނަށް ޖެހުމުގެ ސަބަބުން އެކަކުގެ ހާލު ދެރަ ކަމަށާއި އެހެންނަމަވެސް ދެން ތިބި ދެ މީހުންގެ ހާލު ރަނގަޅު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ރިޕޯޓް ކޮށްފައިވަނީ އެދުވަހުގެ މެންދުރުފަހު 02:04 ހާއިރު ކަމަށެވެ.

ޑިންގީގައި ތިބި މީހުން ކޯސްޓްގާޑަށް ނެގީ ހުކުރު ދުވަހުގެ ރޭ ހަތެއް ޖެހިއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފްއިންވަނީ އެމީހުން ފުލުހުންނާ ހަވާލުކޮށްފައެވެ.