ދިޔަވަރު ބޮޑުވެ އެކި ސަރަހައްދުތަކަށް އުދަ އަރަނީ

ދިޔަވަރު ބޮޑުވެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައެރުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދިޔަވަރު ބޮޑުވެ ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރު ކުރަން ފަށައިފިއެވެ.

އެގޮތުން މާލެއަށް ވެސް ވަނީ އުދައިގެ އަސަރު ކޮށްފައެވެ. މާލޭގެ އިރުމަތީ ފަރާތު ކާނިވާ ސަރަހައްދަށް ވަނީ އުދައިގެ އަސަރު ކޮށްފައެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ދެކުނާއި މެދުރާއްޖެ ތެރެއަށް އުދައިގެ އަސަރު ކުރާނެ ކަމަށެވެ. އެގޮތުން މިރޭ 8:30 އިން 10:30 އަށް އެކި ސަރަހައްދުތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެއެވެ.

ދިޔަވަރު ބޮޑުވެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައެރުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"މިއީ މޫސުމީ ކަމެއް. އާންމުކޮށް ހުޅަނގު މޫސުމުގައި ދިޔަވަރު ބޮޑުވާ ވަގުތު އުދަ އަރާނެ،" މެޓުގެ އޮފިޝަލު ވިދާޅުވިއެވެ.

މެޓުން ބުނީ މާދަމާ އަދި މާދަމާ ރޭވެސް އެކި ސަރަހައްދުތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށެވެ.

ދިޔަވަރު ބޮޑުވެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދައެރުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާދަމާ ހެނދުނު ރާއްޖޭގެ އުތުރަށް ދިޔަވަރު އެންމެ ބޮޑުވާނީ ހެނދުނު 9:07 ގައި ކަމަށާއި މެދު ރާއްޖެ ތެރެއަށް ހެނދުނު ދިޔަވަރު ބޮޑުވާނީ 9:56 ގައި އަދި ދެކުނަށް ދިޔަވަރު ބޮޑުވާނީ 10:43 ގައި ކަމަށް މެޓުން ބުނެއެވެ. މެޓުން ބުނީ އިރު އޮއްސޭއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އޮންނާނީ ބޮޑު ދިޔަ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ވަގުތު އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދެކުނާއި މެދުރާއްޖެ ތެރެއަށް ކަމަށް ލަފާކޮށް މެޓުން ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ.

comment ކޮމެންޓް