މުޅި ހުޅުމާލެއިން އެއްކޮށް ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯގެ އޮފިޝަލް އަލީ މުޖުތަބާ މިއަދު ސަންއަށް ވިދާޅުވީ، އެ ކުންފުނީގެ ހައި ވޮލްޓޭޖް ކޭބަލް އަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހުޅުމާލެއިން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:40 އެހާކަންހާއިރު ކަމަށެވެ.
ނަމަވެސް ކަރަންޓް ކެނޑުނުތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކަރަންޓް އަނބުރާ ދޭން ފަށާފައިވާ ކަމަށާއި މިހާރު ބައެއް ސަރަހައްދު ތަކަށް ހިދުމަތް ދޭން ފެށިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކަރަންޓް ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓް ދެވިގެންދާނެ ކަމަށެވެ.