ހަނި މޮޅަކާ އެކު ސައުތު ކޮރެއާގެ މައްޗަށް ސުވިޑެން ކުރި ހޯދައިފި

ސްވިޑެންއާއި ދެކުނު ކޮރެއާ ކުޅުނު މެޗުގައި ސްވިޑެންގެ ޕެނަލްޓީ ގްރެނެވިސްޓް ކާމިޔާބް ކުރުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ/ އޭޕީ

ފީފާ ވޯލްޑް ކަޕްގައި އެއް ގޯލުގެ ލީޑަކާއި އެކު 0-1 ނަތީޖާ އަކުން ސައުތު ކޮރެއާގެ މައްޗަށް ސްވިޑެން އިން ކުރި ހޯދައިފިއެވެ.

ދެ ޓީމްގެ ފަރާތުން ވެސް ދާދި އެއްވަރެއްގެ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ސުވިޑެންއަށް ލީޑް ނަގައިދިނީ 65 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއްގައި އެޓީމްގެ ކެޕްޓަން އެންދުރިއެސް ގްރެނެވިސްޓްއެވެ.

ސްވިޑެން އާއި ކޮރެއާ ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ އޭޕީ

ސްވިޑަންއަށް ޕެނެލްޓީއެއް ލިބުނީ ސައުތު ކޮރެއާގެ ޕެނަލްޓީ އޭރިއާތެރެއިން ސުވިޑެންގެ ވިކްޓާ ކްލެސަންއަށް ސައުތު ކޮރެއާގެ ކިމް މިން ވޫ ކުރި ޓެކްލްއަކާއި ގުޅުގެންނެވެ. ރެފްރީ އެ ޕެނަލްޓީ ދީފައިވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހުއެވެ.

ގްރެނެވިސްޓް އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލާފައިވަނީ ސައުތު ކޮރެއާގެ ކީޕަރު ޑައިބު އެޅި ފަރާތް ނޫން އަނެއް ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

އެ މެޗުން ސްވިޑެން މޮޅުވި ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ސައުތުކޮރެއާއަށް ވަނީ ނަތީޖާ ހަމަހަމަކޮށްލަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ސްވިޑެންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އެ ޓީމްގެ ލީ ޖޭ ސުންގް ގޯލު ކުރިމައްޗަށް ހުރަސް ކޮށްލުމުން ހުސްކޮށް ހުރި ހީ ޗަން ހުއާން ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ސްވިޑެންއާއި ދެކުނު ކޮރެއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އެ މެޗުން ސައުތު ކޮރެއާ ބަލިވެފައިވާއިރު އެޓީމް އެންމެ ފަހުން ކުޅުނު ހަތަރު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ވެސް ވަނީ މޮޅުވެފައެވެ.

ސައުތު ކޮރެއާގެ މައްޗަށް ހޯދި މޮޅާއި އެކު އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު ހިމެނޭ ގްރޫޕް އެފްގައި ސްވިޑެން އާއި މެކްސިކޯއަށް ލިބެނޭ ތިން ޕޮއިންޓެވެ. ރޭ މެކްސިކޯ އަތުން ބަލިވި ޖަރުމަނާއި ސައުތު ކޮރެއާއަށް ޕޮއިންޓެއް ނުލިބެއެވެ.

comment ކޮމެންޓް