ވެނެޒުއޭލާއިން އަލުން ޕޯލިއޯ ފެނިފައެއް ނުވޭ: ޑަބްލިއުއެޗްއޯ

ވެނެޒުއޭލާއިން ޕޯލިއޯ ނައްތާލެވިފައިވާތާ 29 އަހަރުފަހުން ޕޯލިއޯ ކަމަށް ޝައްކު ކުރެވޭ ކޭސް އެއް ފެނުނު ނަމަވެސް، އެއީ ޕޯލިއޯ ކޭސް އެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

އުމުރުން ތިން އަހަރުގެ ކުއްޖެއްގެ ގައިން ޕޯލިއޯގެ އަލާމާތްތައް ފެނުނު ކަމަށް ރިޕޯޓު ކުރެވުނީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. މިފަދަ ލައްކަ އެއް ހައި ކޭސް ކޮންމެ އަހަރަކުވެސް ހުށަހެޅޭއިރު، ޑަބްލިއުއެޗްއޯއިން ބުނީ ވެނެޒުއޭލާއިން ޝައްކު ކުރެވުނު ކުއްޖާގެ ޓެސްޓުތައް ހަދައިފައެވެ.

ވެނެޒުއޭލާއިން ޕޯލިއޯ ކޭހެއް ނުފެންނަތާ 29 އަހަރު ވީނަމަވެސް އެ ގައުމުގެ ގިނަ ސަރަހައްދު ތަކަކީ އަދިވެސް އެންމެ އެދެވޭ ގޮތުގައި ވެކްސިންގެ ކަންތައް ކުރިއަށް ގެންދާ ސަރަހައްދުތަކެއް ނޫނެވެ.

އަފްޣާނިސްތާނާއި ޕާކިސްތާނު އަދި ނައިޖީރިއާ ފިޔަވައި އެހެން ގައުމުތަކުން ޕޯލިއޯ ވައިރަސް ނައްތާލެވިފައިވާކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ.

comment ކޮމެންޓް