ހުޅުމާލޭގައި ރޭ މީހަކު މަރުވި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ނެތްކަން "ސަން"އަށް އެނގިއްޖެއެވެ.
ރޭގެ ހާދިސާގައި ސައިކަލު ދުއްވާފައިވަނީ 18 އަަހަރުގެ ޒުވާނެކެވެ. އޭނާގެ ސައިކަލު ފަހަތުގައިވެސް އިނީ 18 އަހަރުގެ ޒުވާނެކެވެ.
ހުޅުމާލޭ އަމީން އެވެނިއު ކައިރިން ރޭ ހިނގި އެ އެކްސިޑެންތްގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ. އޭނާއަކީ ގައުމީ ޔުނިވާސިޓީގައި ކިޔަވަމުންދިޔަ ދަރިވަރެކެވެ. އޭނާ މަރުވީ ޖޮގިންއަށް ނުކުމެ އުޅެނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހިގެންނެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓްގެ މައުލޫމާތު ލިބުނީ ރޭ 9:20 ހާއިރު ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލާގައި ހިމެނޭ ޒުވާނާއަކީ މީގެ ކުރިން ތިން ފަހަރަކު ލައިސަންސް ނެތި ސައިކަލު ދުއްވައިގެން ފިޔަވަޅު އަޅާފައިވާ މީހެކެވެ.
އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ދޫކޮށްލިކަމެއް އަދި ނޭނގެއެވެ. އެ ސައިކަލްގެ ފަހަތުގައި އިން މީހާއަށް ވެސް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދިނެވެ.