ވޯލްޑްކަޕް އޮފިޝަލް ލަވައިގެ ވީޑިއޯ އާންމު ކޮށްފި

ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު އަންނަ ފުޓްބޯޅައިގެ އީދު، ވޯލްޑްކަޕާ ދިމާކޮށް ކޮންމެ ފަހަރަކުވެސް ނެރޭ ފޯރިގަދަ ލަވަ މިއަހަރުވެސް ވަނީ އާންމު ކޮށްފައެވެ.

އެ ލަވައިގެ އޯޑިއޯ މިދިޔަ މަހުގެ 27ގައި އާންމުކޮށްފައިވާއިރު، ލަވައިގެ ވީޑިއޯ މިހާރު ވަނީ އާންމު ކޮށްފައެވެ.

ވިލް ސްމިތު، ނިކީ ޖޭމް އަދި އީރާ އިސްޓެފެރީ ކިޔާފައިވާ މި ލަވައިގެ ވީޑިއޯއިން ފުޓބޯޅައިގެ ފޯރި ދައްކައިދެއެވެ. އަދި މުބާރާތް ބާއްވާ ރަޝިއާގައި މެޗުތައް ކުޅޭނެ ސްޓޭޑިއަމްތަކާއި ފުޓްބޯޅައިގެ ސަބަބުން މީހުންގެ މެދުގައި އެއްބައިވަންތަކަން އޮންނަ މިންވަރު ދައްކައިދެއެވެ.

އާންމުކޮށް ވޯލްޑްކަޕްގެ ލަވައަކީ އެއްބައިވަންތަކަމާ އެކު ގިނަ ބަޔަކު އެއްގަލަކަށް އަރުވާފަދަ މެސެޖެއް ދޭ ލަވައެކެވެ. ނަމަވެސް މިފަހަރުގެ ލަވައާމެދު ނުރުހޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ.

ސޯޝަލް މިޑިއާގައި ފާޑުކިޔާ މީހުން ބުނީ 2010ގެ ވޯލްޑްކަޕަށް ޝަކީރާ ކީ "ވަކަ ވަކަ" ވައްޓައި ލެވޭނެ ލަވައެއް އަދި ނާންނަ ކަމަށެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޕިޓްބުލް އާއި ޖެނިފާ ލޮޕޭޒް ކިޔައިދިން ވީ އާ ވަން އަދި ރިކީ މާޓިންގެ ކަޕް އޮފް ލައިފް އަށްވެސް ވަނީ ތަރުހީބު ލިބިފައެވެ.

comment ކޮމެންޓް