އަމިއްލަ ގައުމަށް ޖޯކު ޖެހުމަކީ ލަދުވެތި ކަމެއް: މަވޯޓާ ޝަރީފް

މަވޯޓާ ޝަރީފް: އޭނާ ވިދާޅުވީ ކިތަންމެ ނުރުހޭ މީހަކު ވެރިކަމުގައި ހުއްޓަސް އަމިއްލަ ގައުމަށް ޖޯކު ޖަހައިގެން ނުވާނޭ ކަމަށް --- ސަން ފައިލް ފޮޓޯ

އަމިއްލަ ގައުމަށް ޖޯކު ޖެހުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ރާއްޖެއަށް ކާމިޔާބު ނުވުމުން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑު ވިދާޅުވަމުންގެންދަވާ ދަނޑިވަޅެއްގައި ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވީ ކޮންމެ އިންތިޚާބަކުންވެސް ކާމިޔާބުވާނީ ކޮންމެވެސް އެއްފަރާތެއް ކަމަށާއި، ބަލިވީ ފަރާތަށް މަލާމަތް ކުުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ތިމަންނަމެން ނުރުހޭ މީހަކު ވެރިކަމުގައި ހުއްޓަސް އަމިއްލަ ގައުމަށް ޖޯކު ޖަހައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ވާދަކޮށްވަނީ ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އޭޝިޔާ ޕެސިފިކް ގްރޫޕްގެ ގޮނޑިއަށް ވާދަވެރިކަން ބޮޑުވެފައި އޮތް އިރު، ރާއްޖޭގެ މައްޗަށް ވޯޓުގައި ކުރި ހޯދައި ގޮނޑި ކާމިޔާބުކުރީ އިންޑޮނޭޝިއާއެވެ. އޭޝިއާ ޕެސިފިކް ގޮނޑި ފިޔަވައި ކޮންމެ ގޮނޑިއަކަށް ވެސް ވާދަކޮށްފައިވަނީ އެންމެ ގައުމެކެވެ.

comment ކޮމެންޓް