ރެސިޕީ: ބިސްކަޓް ފަޖް

ބިސްކަޓް ފަޖް---

ބޭނުންވާ ތަކެތި

  • 2 ޕެކެޓް މާރީ ބިސްކޯދު
  • 250 ގުރާމް ބަޓަރު
  • 2 ބިސް
  • 500 ގުރާމް އައިސިން ޝުގާ
  • 2 މޭޒުމަތީ ސަމްސާ ކޮކޯ
  • 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ މާރީ ބިސްކޯދު ކުދިކޮށް ފުނޑުކޮށްލާށެވެ. އެއަށްފަހު ބަޓަރު ކޮޅު ރަނގަޅަށް މެލްޓް ވަންދެން ހޫނުކޮށްލާށެވެ. ހޫނުކޮށްލުމަށްފަހު ބިހާއި ބަޓަރު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބިސްކޯދާއި އެއްކޮށްލުމަށްފަހު އޭގެ ތެރެއަަށް އައިސިން ޝުގާ، ކޮކޯ އަދި ވެނީލާ އެސެންސް އަޅާނީއެވެ. (ރަނގަޅަށް އެއްކޮށްލުމަށް ފަހު)، ބިސްކޯދާ އެއްކޮށްލުމަށްފަހު ހެޔޮވަރު ސައިޒްގެ ޓްރޭއަކަށް އެޅުމަށްފަހު އެއްވަރުކޮށް ފިނިކޮށްލުމަށް ދެ ގަޑިއިރުވަރު ވަންދެން ފްރިޖްގައި ބަހައްޓާށެވެ.

މަސްދަރު: ޕްރޯ މެގަޒިން

comment ކޮމެންޓް