ވެލިގާގެ "ދިހައެއްވީ ޕްރޮމޯޝަން"ގެ ނަސީބުވެރިން ހޮވައިފި

ވެލިގާ ހާޑްވެއާގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ "ދިހައެއްވީ ޕްރޮމޯޝަން"ގެ ނަސިބުވެރިން ހޮވައިފިއެވެ.

ވެލިގާއިން ބުނި ގޮތުގައި، އެ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޕްރޮމޯޝަނުގެ އެއްވަނަ ފަރާތަކަށް ހުށަހަޅާފައި ވަނީ 25،000 ރުފިޔާގެ ވައުޗަރެކެވެ. ދެވަނައަށް 10،000 ރުފިޔާގެ ވައުޗަރެއް ހުށަހެޅި އިރު، ތިންވަނައަށް ހުށަހެޅީ 5،000 ރުފިޔާގެ ވައުޗަރެކެވެ.

ގުރުއަތުން އެއްވަނައަށް ހޮވުނީ ކޫޕަން ނަމްބަރު 00988 (ނަޒްމީ)އެވެ. ދެވަނައަށް ހޮވުނީ ކޫޕަން ނަމްބަރު 111019 (ސޮފްވާން)އެވެ. އަދި ތިންވަނައަށް ހޮވުނީ ކޫޕަން ނަމްބަރު 062686 (މަނިކަންދާއޫދު)އެވެ.

ނަސީބުވެރިންނަށް ލިބުނު ވައުޗާތައް ބޭނުންކޮށްގެން ވެލިގާގެ ކޮންމެ ފިހާރައަކުން، ޖަނަވަރީމަގުގައި ހުންނަ ވެލިގާގެ "ބްލޮންކް" ޝޯރޫމުން ވިޔަފާރި ކުރެވޭނެއެވެ.

މި ތިން ނަސީބުވެރިންގެ އިތުރުން، ޕްރޮމޯޝަނުގައި ވެލިގާގެ ކޮންމެ ފިހާރައަކުން ވަނީ ކޮންމެ ހަފްތާއަކުވެސް ނަސީބުވެރިއެއް ހޮވައި، 2،000 ރުފިޔާގެ ވައުޗަރެއް ދީފައެވެ. އެ ވައުޗަރުގެ ނަސީބުވެރި 30 ފަރާތްތައް ވެސް ވަނީ ވައުޗަރު ހަވާލުކޮށްފައެވެ.

އޭޕްރިލް ހަޔަކުން ފެށިގެން މެއި 20 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުގައި، ވިޔަފާރިކުރި ފަރާތްތަކަށް 25 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ދީފައިވެއެވެ.

އެ ޕްރޮމޯޝަނުގައި އާންމުންނަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

comment ކޮމެންޓް