ސާކް ފިލްމު ފެސްޓިވަލުގައި މިފަހަރު ރާއްޖެއަށް އެވޯޑެއް ނުލިބުނު

ސާކް ފިލްމު ފެސްޓިވަލުގެ އެއްވަނަ ފީޗާ ފިލްމުގެ މަގާމު ހޯދި ހަލްޑާ ---

މިދިޔަ އަހަރުގެ ސާކް ފިލްމު ފެސްޓިވަލް ރާއްޖެއިން ނިންމައިލީ ފަޚުރުވެރި މަގާމަކާ އެކުގައެވެ. ސަރަހައްދުގެ އެންމެ މޮޅު ބަތަލާގެ އެވޯޑު އުފުލާލީ "ވިޝްކާ"އިން އާއިޝަތު ރިޝްމީ ރަމީޒެވެ.

މިއަހަރު އެވޯޑުގައި ވާދަކުރީ ހައްދު އަދި 4426 އެވެ. މި ދެ ފިލްމުގެ ބަތަލާ އަކީވެސް ރިޝްމީގެެ ކޮއްކޮ މަރިޔަމް އައްޒައެވެ. ދައްތަގެ މަގާމު ކޮއްކޮ ދިފާއު ކުރާނެ ކަމަށް ބެލެވުނު ނަމަވެސް މިފަހަރުގެ އެވޯޑު ނިންމާލީ ރާއްޖެއަށް އެއްވެސް އެވޯޑެއް ނުލިބިއެވެ.

ރާއްޖޭގައިވެސް ބޮޑު ތަރުހީބެއް ލިބުނު 4426 އަށް ސާކް ފިލްމު ފެސްޓިވަލުގައި އެވޯޑެއް ނުލިބުނު ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ބުނީ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. ނަހުލާ އޭނާގެ ފޭސްބުކްގައި ބުނީ ސާކް ފިލްމު ފެސްޓިވަލުގައި 4426 އަށް އެވޯޑެއް ލިބިދާނެ ކަމަށް އުއްމީދު ނުކުރާކަމަށެވެ. ނަމަވެސް އެ ފިލްމަށް ބޭރުގެ އޯޑިއަންސްގެ ފަރާތުން ލިބުނު ތަރުހީބު ނަހުލާ ވަނީ ފާހަގަ ކޮށްފައެވެ.

ފިލްމު ފެސްޓިވަލުގައި ރާއްޖޭގެ ފަރާތުން ވަނީ ދެ ކުރު ފިލްމެއްވެސް ސްކްރީން ކޮށްފައެވެ. އެއީ ބިތުފަންގި އަދި ސްޓޭޓަސް އެވެ.

މިމަހުގެ 22 އިން 27 އަށް ކުރިއަށް ގެންދިޔަ މި ފެސްޓިވަލުގައި

ރާއްޖެއާއި އިންޑިއާ، ބަނގްލަދޭޝް، ޕާކިސްތާން އަދި ބޫޓާނުގެ އުފެއްދުންތައް ވަނީ ބައިވެރިކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ ފީޗާ ފިލްމް ކެޓަރީން ބައިވެރިކޮށްފައިވާ 17 ފިލްމާއި ކުރު ފިލްމުގެ ކެޓަގަރީން ބައިވެރިކޮށްފައިވާ 10 ފިލްމެވެ. ފީޗާ ފިލްމުގެ ބައިން އެއްވަނަ ހޯދީ ބަނގްލަދޭޝްގެ ފިލްމު ހަލްޑާ އެވެ.

comment ކޮމެންޓް