ފަތުރުވެރިންނާއެކު ދަތުރުކުރި ލޯންޗެއް އޮޔާދަނީ

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ނުވަ ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ފުލިދޫ ކަނޑުން އޮޔާދާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ވ. އަލިމަތާ އިން ފުރައިގެން އެނބޫދޫ ރިސޯޓަށް ދަތުރުކުރަމުންދިޔަ އެކްސް ސްޕީޑް މެރިން ނަމަކަށް ކިޔާ ލޯންޗު އޮޔާދާން ފެށީ އޭގެ ހުންގާނުގެ ހޮޅިއެއް ފަޅައިގެން ގޮސް ހުންގާނު ބޭނުން ނުކުރެވިގެން ކަމަށެވެ.

އެލޯންޗުގައި ނުވަ ފަތުރުވެރިންނާއި ދެ ޑައިވް އިންސްޓްރަކްޓަަރުން އަދި ދެ ފަޅުވެރިން ތިބި ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ލޯންޗު އޮޔާދާކަމުގެ ހަބަރު ލިބުނީ މިރޭ 19:30 ހާއިރު ކަމަށާއި އެ ލޯންޗާސް އެހީވުމަށް ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ވެލާނާ" ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

comment ކޮމެންޓް