އަރްޖުން ރެއްޑީގެ ބަތަލާ އަކަށް ތާރާ

އަރްޖުން ރެއްޑީގައި ޝާހިދު އާ އެކީ ފެނިގެންދާނީ ތާރާ---

މަޝްހޫރު ޓެލުގޫ ފިލްމު "އަރްޖުން ރެއްޑީ"ގެ ހިންދީ ރީމޭކްއަށް ބޮލީވުޑްގެ ކާމިޔާބު ބަތަލު ޝާހިދު ލީޑުން ފެނިގެންދާއިރު ފިލްމުގެ އަންހެން ލީޑަކަށް ތާރާ ސުތަރިއާ ހަމަޖައްސައިފި އެވެ.

ސްޓޫޑަންޓް އޮފް ދަ އިޔާ 2ގެ މަންޒަރުތަކެއް ޝޫޓް ކުރަމުން އަންނަ ތާރާ ސުތަރިއާ ބޮލީވުޑަށް ތައާރަފްވެގެންދާނީ ވެސް އެ ފިލްމުންނެވެ.

އަރްޖުން ރެއްޑީގެ ބަތަލާ އަކަށް ތާރާ ހަމަޖައްސައިފައިވާ ކަން ފިލްމުގެ ޓީމުން މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ. ތާރާ ފިލްމުގައި ކުޅޭނީ ޝާހިދުގެ ލޯބިވެރިޔާގެ ރޯލެވެ.

ފިލްމުގެ ޝޫޓިން އަންނަ ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ ފިލްމުގެ ޕްރޮޑަކްޝަންގެ މަސައްކަތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓެލުގޫ ފިލްމު "އަރްޖުން ރެއްޑީ" އިން ފެނިގެން ދިޔައީ ކާމިޔާބު ޑޮކްޓަރެއްގެ ދިރިއުޅުމެވެ. ހަޔާތުގައި އޭނާއަށް ލޯބިވެ އޭނާގެ މުޅި ދިރިއުޅުން އެފުށް މިފުށަން ޖަހާލާ މަންޒަރެވެ.

ތާރާ ވަނީ "ތާރޭ ޒަމީން ޕަރް" ފިލްމަށް މީގެ ކުރިން ލަވަ ވެސް ކިޔާދީފަ އެވެ.

މައުލޫމާތު: އެންޑީޓީވީ

comment ކޮމެންޓް