ކާންސްގައި ސްރީދޭވީގެ އަގުވަންޒަކޮށް އެވޯޑެއް

ސްރީދޭވީ

މިއަހަރު ބޭއްވި 71 ވަނަ ކާންސް ފިލްމު ފެސްޓިވަލް އިއްޔެ ނިންމާލައި، ދާދި ފަހުން މަރުވި ބޮލީވުޑްގެ ލެޖެންޑް ސްރީދޭވީގެ ހަނދާން އެ ހަފްލާގައި އާކޮށް، އަގުވަޒަންކޮށް އޭނާއަށް ހާއްސަ އެވޯޑެއް ދީފިއެވެ.

ފިލްމީ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އޭނާއަށް ވަނީ ޓައިޓެން ރެޖިނޯލްޑް އެފް ލުވިސް ފިލްމް އައިކަން އެވޯޑް އަރުވައިފައެވެ.

ސްރީދޭވީގެ އެވޯޑާ ހަވާލުވީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ސުބާޝް ގާއީ އާއި ޕްރޮޑިއުސަރު ނަމްރަތާ ގޯޔަލް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކާންސް ފިލްމް ފެސްޓިވަލްގައި ސްރީދޭވީގެ ހަނދާން އާކޮށްފައި މިވަނީ، މިދިޔަ މާޗް މަހު ބޭއްވި އޮސްކާ އެވޯޑް ހަފްލާގައި ވެސް އޭނާގެ ހަނދާން އާކޮށްފައި ވަނިކޮށެވެ. އޭނާއަށް ވަނީ ގައުމީ އެވޯޑް ވެސް ލިބިފައެވެ.

އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރާ "ޒީރޯ"ގައި ސްރީދޭވީގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެއެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ސްރީދޭވީ މަރުވެފައި ވަނީ ދުބާއީގައި އޭނާ ހުރި ހޮޓެލްގެ ފާޚާނާ ތެރޭގައި ހުރި ބާތުޓަބެއްގެ ތެރެއަށް ގެނބިގެންނެވެ.

comment ކޮމެންޓް